Advertisement

ހާރޫން އެގްރޯނެޓުން ވަކިކޮށް ފަންޑު މެނޭޖްމެންޓަށް

30 މާރިޗު 2023 - 16:49 0


ހާރޫން އެގްރޯނެޓުން ވަކިކޮށް ފަންޑު މެނޭޖްމެންޓަށް

30 މާރިޗު 2023 - 16:49 0

އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހާރޫން ރަޝީދު ވަކިކޮށް، މޯލްޑިވްސް ފަންޑް މެނޭޖްމެންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ) އަށް ބަދަލުކޮށްފި އެވެ.

އެ ބަދަލު މިއަދު ގެނެސްފައިވާ ކަމަށް އެމްއެފްއެމްސީގެ އޮފިޝަލަކު "އަދަދު" ނޫހަށް ކަށަވަރުކޮށް ދެއްވި ނަމަވެސް، ހާރޫނު ބަދަލުކުރީ ކޮން މަގާމަކަށް ކަމެއް ވިދާޅެއް ނުވެ އެވެ.

ރާއްޖޭގެ ދަނޑުވެރިން ހައްދާ މޭވާއާ ތަރުކާރީ ގަނެ، ބާޒާރަށް ނެރުމަށް އުފައްދާފައިވާ އެގްރޯނެޓަކީ، ސައްތައިން ސައްތަ ސަރުކާރުގެ ހިއްސާ އޮތް އެމްއެފްއެމްސީގެ ސަބްސިޑިއަރީ އެކެވެ.

ހާރޫނު ވިދާޅުވީ އޭނާއަށް އަންގާފައި އޮތީ އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރި ކަމަށެވެ. އެހެން ތަނަކަށް ބަދަލުކުރިކަން އަދި އެނގިފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ގއ. ވިލިގިލީ ދާއިރާ އަށް ވާދަކުރެއްވި ހާރޫނު، އެގްރޯނެޓަށް އައްޔަން ކުރީ އޭޕްރީލް 2020 ގަ އެވެ. އެންމެފަހުން ބޭއްވި ރިޔާސީ ޕްރައިމަރީގައި ހާރޫން ތާއީދު ކުރެއްވީ ރައީސް މުހައްމަދު ނަޝީދަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރެއްވި ބައެއް ބޭފުޅުން މަގާމުން ވަކިކުރަން ފެށީ، ޕާޓީގެ ރިޔާސީ ޓިކެޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތުމަށް ފަހު ވެސް، މެމްބަރުންގެ އެ ނިންމުން ގަބޫލު ނުކުރައްވައި ނަޝީދާއެކު "ފިކުރެއްގެ ދިރުން" ހަރަކާތްތަކުގައި ބައިވެރިވެ، ރައީސް ސޯލިހާ ދެކޮޅަށް މަސައްކަތް ކުރައްވަން ފައްޓަވާފައި ވަނިކޮށެވެ.

ރައީސް ސޯލިހު ވަނީ އަދާލަތާއި އެމްޑީއާއެކު ކޯލިޝަން ހަދައިފަ އެވެ.

ނަޝީދަށް ތާއިދު ކުރެއްވި، ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު އެ މަގާމުން ވަކިކޮށްފައިވާއިރު، ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯގެ އެމްޑީ އަދި ސީއީއޯގެ މަގާމުން ހުސައިން އަމްރު މި ހަފުތާގައި ވަނީ ވަނިކޮށްފަ އެވެ.