Advertisement

އިޒްރޭލަށް ފުރުސަތު ނުދޭތީ ފީފާ އިން އިންޑޮނޭޝިއާގައި 20 އަހަރުން ދަށުގެ ވޯލްޑް ކަޕް ނުބާއްވާނެ

30 މާރިޗު 2023 - 06:01 0

އިންޑޮނޭޝިއާގެ ފުޓްބޯޅަ ސަޕޯޓަރުންތަކެއް މެޗެއް ފެށުމުގެ ކުރިން ސްޓޭޑިއަމެއްގެ ގޭޓް ކައިރީގައި.--- ފޮޓޯ: އޭއެފްޕީ


އިޒްރޭލަށް ފުރުސަތު ނުދޭތީ ފީފާ އިން އިންޑޮނޭޝިއާގައި 20 އަހަރުން ދަށުގެ ވޯލްޑް ކަޕް ނުބާއްވާނެ

30 މާރިޗު 2023 - 06:01 0

ޒިއުރިކް، ސްވިޒަލެންޑް (މާޗް 30) - އަންނަ މެއި މަހު އިންޑޮނޭޝިއާގެ ބާލީގައި ބާއްވަން ތާވަލުކޮށްފައި އޮތް ފީފާ 20 އަހަރުން ދަށުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިޒްރޭލަށް ފުރުސަތު ނުދޭން އިންޑޮނޭޝިއާ އިން ބާރު އަޅާތީ އެ ގައުމުގައި އެ މުބާރާތް ހޯސްޓް ނުކުރަން ފީފާ އިން ނިންމައިފި އެވެ.

ބާލީގައި މެއި 20 އިން ޖޫން 11 އަށް ބާއްވަން ނިންމާފައިވާ 20 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި، އިޒްރޭލަށް ވާދަކުރުމުގެ ފުރުސަތު ލިބިފައި އޮތް ނަމަވެސް، އެ ގައުމަށް އެ ފުރުސަތު ނުދޭން ބާލީގެ ގަވަރުނަރު ވަޔާން ކޮސްޓާ ވަނީ ނިންމައިފަ އެވެ. އެއީ، އިޒްރޭލުން ފަލަސްތީނުގައި ހިންގާ ލާއިންސާނީ ހަނގުރާމައިގެ ސަބަބުން ކަމަށް ކޮސްޓާ ވަނީ މީޑިއާގައި ވިދާޅުވެފަ އެވެ.

އިންޑޮނޭޝިއާ އާއި އިޒްރޭލާ އެއްވެސް ސިޔާސީ ގުޅުމެއް ނެތްއިރު، ދާދި ފަހުން، އިންޑޮނޭޝިއާގެ ގިނަ ބަޔަކު ވަނީ އިޒްރޭލް ބައިވެރިކޮށްގެން، 20 އަހަރުން ދަށުގެ ވޯލްޑް ކަޕް އެ ގައުމުގައި ނުބާއްވަން ގޮވާލައި ޝުއޫރު ފާޅުކުރުމުގެ އެއްވުމެއް ބާއްވައިފަ އެވެ. އެއީ ފަލަސްތީނާ އެކުގައި ތިބިކަން ދައްކައިދީ ދުނިޔެ އަށް މެސެޖެއް ދިނުމުގެ ވިސްނުމުގަ އެވެ.

ފީފާ އިން މި ފަހަރުގެ 20 އަހަރުން ދަށުގެ ވޯލްޑް ކަޕް ހޯސްޓް ކުރުުމުގެ ފުރުސަތު އިންޑޮނޭޝިއާ އަށް ދިނީ 2019 ވަނަ އަހަރު އެވެ. އޭރު، އިޒްރޭލް މުބާރާތަށް ކޮލިފައިވެސް ނުވެ އެވެ.

ބާލީގެ ސްޓޭޓް ސަރުކާރުން އިޒްރޭލަށް ފުރުސަތު ނުދޭން ނިންމުމާ އެކު، ފީފާ އިން ވަނީ ހުކުރު ދުވަހު، ބާއްވަން ނިންމާފައި އޮތް 20 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ގުރުއަތުލުން ކެންސަލްކުރުމަށް ފަހު، އިންޑޮނޭޝިއާގައި މުބާރާތް ނުބާއްވާނެ ކަމަށް ކަނޑައަޅައިފަ އެވެ.

ފީފާ އިން ބުނީ ކަނޑައެޅިފައިވާ ތާރީހުގައި އަދިވެސް މުބާރާތް ބޭއްވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށާއި މުބާރާތް ހޯސްޓްކުރާނެ ގައުމެއް ވަރަށް އަވަހަށް ނިންމާނެ ކަމަށެވެ.