29 މާރިޗު 2023 - 15:47 1
އައިޝަތު ނުޒުހާ
އެމްޑީޕީގެ ކޮންގްރެސްގައި ރައީސް ނަޝީދު ޝިފާޒްއާ ވާހަކަ ދައްކަވާއިރު ރައީސް ސޯލިހު ނަޝީދުގެ އަރިހުގައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
29 މާރިޗު 2023 - 15:47 1
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) އެ މަގާމުން ވަކިކުރުމާ ގުޅިގެން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ޝިފާޒް އަށް ހިތްވަރު ދެއްވައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމަށް ފަހު ކެބިނެޓުގެ ބޭރުން ސިޔާސީ މަގާމަކަށް އެންމެ ފުރަތަމަ އައްޔަނުކުރި ބޭފުޅުންގެ ތެރޭގައި ޝިފާޒް ހިމެނެ އެވެ. އޭނާއަށް ރައީސް އޮފީހުގެ މިނިސްޓަރުކަން ދިނީ ނޮވެމްބަރު 22، 2018 ގަ އެވެ.
ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ އޮތީ ދެ ފެކްޝަނަކަށް ބެހިފަ އެވެ. އެމްޑީޕީގެ ދެ ފެކްޝަންގެ މައްސަލަ ހާމައަށް ފާޅުވީ ޕްރައިމަރީއަށް ފަހު އެވެ. ޕްރައިމަރީގައި ވެސް ޝިފާޒްގެ ތާއިދު އޮތީ އިންތިހާބުން ނާކާމިޔާބުވި ނަޝީދަށެވެ.
ޝިފާޒް ވަކި ކުރުމާ ގުޅިގެން ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާއަށް ވުރެ ބޮޑަށް މި ސަރުކާރު ވެރިކަމަށް ގުރުބާންވީ "ވަކި އެހެން މީހަކު ނުހުންނާނެ" ކަމަށެވެ.
ޝިފާޒު ކަންބޮޑުނުވުމަށް އެދިވަދަޑައިގެން ނަޝީދު ވަނީ މުސްތަގުބަލު އޮތީ އުޖާލާކޮށް ކަމަށް ވިދާޅުވެފަ އެވެ.
ޕްރައިމަރީ ރައީސް ކާމިޔާބު ކުރެއްވިއިރު ނަޝީދާއި އެމަނިކުފާނުގެ ޓީމު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދު ނުކުރައްވައި "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފެކްޝަނެއް ހަދައިގެންނެވެ.
އެ ފެކްޝަނުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އެއް ބޭފުޅަކީ ޝިފާޒެވެ. ރައީސް އޮފީހުގެ މަގާމެއްގައި ހުންނަވައިގެން ރައީސް ސޯލިހަށް ތާއީދު ނުކޮށް އެހެން ކެންޑިޑޭޓަކު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެމްޑީޕީގެ އާންމު މެމްބަރުންގެ ފާޑުކިޔުން ވެސް އޭނާއަށް އޮތީ އަމާޒުވެފަ އެވެ.
ޝިފާޒު ވަކި ކުރުމަށް ފަހު އެ މަގާމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބުރޭ) ވަނީ އައްޔަންކޮށްފަ އެވެ.
Comment