Advertisement

"އަދަދު" ރޯދަ ކުއިޒް، މައުލޫމާތުގެ ހަޒާނާއަށް ހުޅުވައިލަ ދޭ ދޮރެއް

28 މާރިޗު 2023 - 16:38 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


"އަދަދު" ރޯދަ ކުއިޒް، މައުލޫމާތުގެ ހަޒާނާއަށް ހުޅުވައިލަ ދޭ ދޮރެއް

28 މާރިޗު 2023 - 16:38 0

މާތްވެގެންވާ ރަމަޟާން މަހަކީ ބަރަކާތުގެ މައްސަރެވެ. ހެޔޮކަމާއި ދަރުމައިގެ ފޯވައްސެވެ. އަޅުކަމުގެ މޫސުމެވެ. ރަނގަޅު އިލްމު އުނގެނުމާއި ލިބިފައި ހުރި އިލެމެއް މުތާލިއާ ކުރުމަކީ މި މަތިވެރި މައްސަރުގައި ކުރެވޭ އެންމެ ހެޔޮކަން ބޮޑު އެއް އަމަލު ކަމުގައި ވާނެ އެވެ.

މި ރަމަޟާން މަހަށް "އަދަދު" ނޫހުން ހުޅުވައިލަދިނީ އެ ދޮރާއްޓެވެ. އަގުހުރި އިނާމުތަކާ ވެސް އެކު އެވެ. 25 ސުވާލު ހިމެނޭ ރޯދަ ކުއިޒެކެވެ.

މި ފެށޭ މަހުގެ 21 ވަނަ ދުވަހާ ހަމައަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ އެ ކުއިޒުގައި ހިމެނެނީ އިސްލާމީ ތާރީހާއި ގުޅޭ މުހިންމު ސުވާލުތަކެވެ. ވަނަތައް ހޮވާނީ އެންމެ ގިނަ ސުވާލަށް އެންމެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރަނގަޅު ޖަވާބު ދޭ ފަރާތްތައް ބެލުމަށްފަހު އެވެ.

އެއްވަނަ ހޯދާ ފަރާތަކަށް ހުށަހަޅާފައި ވަނީ ސެމްސަންގު ޓެބް އޭ8 އެކެވެ. ދެވަނައަށް ނިންޓެންޑޯ ސުވިޗެއް ހުށަހަޅާފައި ވާއިރު، ތިންވަނައަށް ހުށަހާޅާފައި ވަނީ ސެމްސަންގު ބަޑްސް 2 އެކެވެ.

ވަނަ ހޮވާއިރު، ދެ ބައިވެރިއެއްގެ ނަތީޖާ ހަމަހަމަވެއްޖެ ނަމަ އިނާމު ލިބޭ ފަރާތެއް ކަނޑައަޅާނީ ގުރުއަތު ލައިގެންނެވެ.

"އަދަދު" ރޯދަ ކުއިޒަކީ އިސްލާމީ ތާރީހާ ގުޅޭގޮތުން ލިބިފައި ހުރި މައުލޫމާތާއި އިލްމު އަލުން މުތާލިއާކޮށްލަން ލިބޭ ރަނުގެ ފުރުސަތަކަށް ވާނެ އެވެ. އަދި ކުރިން ނޭނގޭ އެތައް މައުލޫއަކަށް ލޯ ވެސް ހުޅުވައިލަދޭ ކުއިޒަކަށްވެގެން ދާނެ އެވެ.

މި ރަމަޟާން މަހަށް ހާއްސަކޮށް ކުއިޒުގެ އިތުރުން ވެސް "އަދަދު" ނޫހުން ވަނީ ތަފާތު އެކި ކޮންޓެންޓުތައް ތައްޔާރުކޮށްފަ އެވެ. ''އަދަދު'' ގެ ރޯދަ ޕޭޖުން އެ ހުރިހާ ކޮންޓެންޓެއް ފެންނަން ހުންނާނެ އެވެ.