މީރު ބައިޓްސް: ބުރެޑް ގުލާބް ޖާމުން

Mar 28, 2023, 9:59 AM
މީރު ބައިޓްސް: ބުރެޑް ގުލާބް ޖާމުން

ބޭނުންވާ ތަކެތި

  • 8 ނުވަތަ 9 ފޮތި ޕާން
  • 1/2 1 ޖޯޑު ކިރު
  • 2 ނުވަތަ 3 މޭޒުމަތީ ސަމުސާ ވިޕިން ކްރީމް
  • ތެޔޮފޮދެއް (ތެލު ލުމަށް)

ސިރަޕް

  • 2 ޖޯޑު ފެން
  • 2 ޖޯޑު ހަކުރު
  • 2 ނުވަތަ ތިން ކާފޫރުތޮޅި
  • ފިނިފެންމަލުގެ ފިޔައާއި ޕިސްޓާޗިއޯ (ގާނިޝް ކުރުމަށް)

ތައްޔާރު ކުރާނެ ގޮތް

އެންމެ ފުރަތަމަ ޕާން ފޮތިތަކުގެ ކައިރި ނަގާލާފައި ހިމުންކޮށް މުގުރައިލާށެވެ. އެއަށްފަހު ތެއްޔަކަށް ކިރުފޮދު ވަކިން އަޅައިގެން ކައްކާށެވެ. ކިރުފޮދު ކެކި ގަތުމުން ހިމުންކުރި ޕާންކޮޅު އޭގެތެރެއަށް އަޅައި އެއް ކުރާށެވެ. ދެން ވިޕިން ކްރީމް ކޮޅު އޭގެ ތެރެއަށް އަޅައި ފުށްގަނޑަކަށް ވަންދެން އެއްކުރަމުން ގެންދާށެވެ. ފުށްގަނޑަކަށްވުމުން ހިހޫ ވަންދެން ބެހެއްޓުމަށްފަހު ޝުގާ ސިރަޕް ތައްޔާރު ކުރާނީ އެވެ.

ފެނުގެ ތެރެއަށް ހަކުރު ކޮޅާއި ކާފޫރުތޮޅިކޮޅު އަޅައި 10 ވަރަކަށް މިނެޓު ވަންދެން ކައްކާށެވެ. ރަނގަޅަށް ހަކުރުކޮޅު އޮލަވުމުން އުނދުން ނިވާލާފައި ބަހައްޓާށެވެ.

ކުރިން ތައްޔާރު ކުރި ފުށްގަނޑުގައި ގުޅަ ވަށާށެވެ. ގުޅަ ވަށަން ފެށުމުގެ ކުރިން އަތުގައި ކުޑަ ތެޔޮ ފޮދެއް ހާކައިލަން ވާނެ އެވެ. ފުށްގަނޑުން ވަށަން ބޭނުންވާ ވަރަށް ގުޅަ ވެށުމުން ރަން މުށި ކުލަ އަރައިލަންދެން ތެލުލާނީ އެވެ. އެއަށްފަހު ނަގައި ތައްޔާރު ކުރި ހަކުރު ކޮޅު ތެރެއަށް ގުޅަތައް އަޅައި ޕިސްޓާޗިއޯ އާއި ފިނިފެންމަލުގެ ފިޔަތައް ބޭނުން ކޮށްގެން ގާނިޝް ކުރާނީ އެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox