Advertisement

ރޯދަ މަހު ފުރަތަމަ 20 ދުވަހު ފިތުރުޒަކާތުގެ ގޮތުގައި 4 މިލިއަން ރުފިޔާ ދައްކައިފި

5 އޭޕްރީލް 2024 - 17:16 0

ނިމާ ހަސަން

ނިމާ ހަސަން

ގޮވާމުން ޒަކާތް ދެއްކި ބަޔަކު ގެނައި ތަކެތި، ޒަކާތު ހައުސްގެ މުވައްޒަފަކު އުފުލަނީ. ގިނަ އަދަދެއްގެ ބަޔަކު ޒަކާތް ދައްކަނީ ފައިސާއިން. ފޮޓޯ:ޒަކާތު ހައުސް


ރޯދަ މަހު ފުރަތަމަ 20 ދުވަހު ފިތުރުޒަކާތުގެ ގޮތުގައި 4 މިލިއަން ރުފިޔާ ދައްކައިފި

5 އޭޕްރީލް 2024 - 17:16 0

މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ 20 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 4.4 މިލިއަން ރުފިޔާ ލިބިފައިވާކަން މޯލްޑިވްސް ޒަކާތު ހައުސް އިން ހާމަކޮށްފި އެވެ.

ޒަކާތު ހައުސްއިން ހާމަކުރި ގޮތުގައި އެންމެ ގިނައިން ފިތުރު ޒަކާތް ދައްކާފައި ވަނީ އާދައިގެ ހަނޑޫ ބޭނުންކުރާ މީހުންނެވެ. އާދައިގެ ހަނޑޫ ބޭނުންކުރާ 63,000 މީހުން ޒަކާތުގެ ގޮތުގައި 760,000 ރުފިޔާ ދައްކާފައި ވެއެވެ.

ދެން އެންމެ ގިނައީ ބާސްމަތީ ހަނޑޫ ބޭނުންކުރާ މީހުންނެވެ. އާދައިގެ ބާސްމަތީ ހަނޑޫ ބޭނުންކުރާ 14,500 މީހުން ވަނީ ޒަކާތުގެ ގޮތުގައި މިލިއަން ރުފިޔާ ދައްކާފަ އެވެ. އަދި އެންމެ މޮޅު ބާސްމަތީ ހަނޑޫ ބޭނުންކުރާ މީހުން 10,700 މީހުން ޒަކާތުގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދެއްކި އެވެ. އޭގެ އިތުރަށް މޮޅު ބާސްމަތީ ހަނޑޫ ބޭނުންކުރާ 9,000 މީހުން ވެސް ވަނީ ޒަކާތުގެ ގޮތުގައި 948,000 ރުފިޔާ ދައްކާފަ އެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ބަލައިގަންނާނެ އެވެ. ރަށްރަށުގައި ޒަކާތް ބަލައިގަންނާނީ އެ ރަށެއްގެ ކައުންސިލުންނެވެ. ނަމަވެސް އޮންލައިންކޮށް ޒަކާތް ދެއްކޭނީ މާދަމާގެ ނިޔަލަށެވެ. އެއީ ރޯދަ މަހުގެ 27 ވަނަ ދުވަހެވެ.

ކުރީ އަހަރުތަކެކޭ އެއްފަދައިން މިއަހަރު ވެސް ހަ މަންސައަކުން ޒަކާތް ދެއްކޭނެ އެވެ. އޭގެ ތެރޭގައި އުރީދު އާއި ދިރާގު އަދި މޯލްޑިވްްސް އިސްލާމިކް ބޭންކް އަދި ފަހިޕޭ ހިމެނޭއިރު، ބޭންކް އޮފް މޯލްޑިވްސް އާއި ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޯޓަލުން ވެސް ޒަކާތް ދެއްކޭނެ އެވެ.

އޭޕްރީލް, 9ގެ ނިޔަލަށް ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 11:00 އިން 14:00 އަށް ވެސް މިނިސްޓްރީގެ ކައުންޓަރުން ޒަކާތް ބަލައިގަންނާނެ އެވެ.