28 މާރިޗު 2023 - 08:12 0
ރަމަޟާން ކްރިކެޓް ކާނިވަލްގައި އިއްޔެ ކުޅުނު މެޗުގެ ތެރެއިން.
28 މާރިޗު 2023 - 08:12 0
ރަމަޟާން ކްރިކެޓް ކާނިވަލްގެ އޯޕަން މުބާރާތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި އެވިއާ މޯލްޑިވްސް އިން ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ ވަނަ މެޗުވެސް ކާމިޔާބުކޮށްފި އެވެ.
މި އަހަރުގެ ކްރިކެޓް ކާނިވަލްގެ އޯޕަން މުބާރާތުގައި 12 ޓީމެއް ވާދަކުރަމުން އަންނައިރު ތިން ގްރޫޕަކަށް ވަނީ ޓީމްތަށް ބަހާލާފަ އެވެ.
މުބާރާތުގައި އިއްޔެ ކުޅުނީ ގްރޫޕް އެކެއްގެ ދެ މެޗެވެ. ފުރަތަމަ މެޗުގައި އެމްއޭސީއެލުން ވަނީ ފަސޭހަކަމާ އެކު ދިވެހި ސިފައިންގެ ކުލަބު ބަލިކޮށްފަ އެވެ. ދެ ވަނަ މެޗުގައި އެވިއާ އިން ވަނީ ކޭޑިއެމްގެ މައްޗަށް ކުރި ހޯދާފަ އެވެ.
ހަތް ވިކެޓުން އެމްއޭސީއެލުން ދިވެހި ސިފައިންގެ ކުލަބު ބަލިކުރި މެޗުގެ ޓޮސް ދިމާވުމުން ސިފައިން ޓީމުން ނިންމީ ބެޓު ކުރާށެވެ. އެ ޓީމް ކުޅެން އަރައި އަށް އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 80 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 15 ބޯޅައިން 29 ލަނޑު ހެދި މުހައްމަދު ޝަރީފް އެވެ.
ޖަވާބުގައި އެމްއޭސީއެލުން ކުޅެން އަރައި 4.1 އޯވަރުގެ ތެރޭގައި ކުޅުންތެރިއަކު ނުބައިނުވެ 84 ލަނޑު ހަދައި މެޗު ކާމިޔާބުކުރި އެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 12 ބޯޅައިން 35 ލަނޑު ހެދި އާދަމް ނާސިފް އުމަރު އާއި 11 ބޯޅައިން 22 ލަނޑު ހެދި އަމީލް އަހުމަދު މައުރޫފް އެވެ.
އެވިއާ މޯލްޑިވްސް އިން ކޭޑީއެމް ބަލިކުރީ ފަސް ވިކެޓުންނެވެ. މެޗުގެ ޓޮސް ދިމާވުމުން ކޭޑީއެމުން ނިންމީ ބެޓު ކުރާށެވެ. އެ ޓީމް ކުޅެން އަރައި އަށް އޯވަރުގައި ހަ ކުޅުންތެރިން ނުބައިވެގެން 105 ލަނޑު ހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 14 ބޯޅައިން 33 ލަނޑު ހެދި ހާޒިގު ހުސައިން ރަޝީދު އާއި ނުބައިނުވެ 14 ބޯޅައިން 26 ލަނޑު ހެދި އަހުމަދު މުނާޒު އެވެ. މި އިނިންގްސްގައި އެވިއާގެ އިބްރާހިމް ރިޒާން އާއި މުހައްމަދު ޝަދުހާން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓު ނެގި އެވެ.
ޖަވާބުގައި އެވިއާ އިން ކުޅެން އަރައި 6.3 އޯވަރުގައި ދެ ކުޅުންތެރިން ނުބައިވެގެން 109 ލަނޑު ހެދި އެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 14 ބޯޅައިން 35 ލަނޑު ހެދި ޖިލްވާޒް ރަޝީދު އެވެ.
ރަމަޟާން ކްރިކެޓް ކާނިވަލްގެ ފުވައްމުލަކު މުބާރާތުގައި އިއްޔެ ކުޅުނު މެޗު ކާމިޔާބުކުރީ ޓީމް ޔޯޔޯ އެވެ. ޓީމެ ވަލިފަންނާ ވާދަކޮށް ޔޯޔޯ މެޗު ކާމިޔާބުކުރީ ހަ ވިކެޓުންނެވެ.
މި މެޗުގެ ޓޮސް ދިމާވުމުން ވަލިފަންނުން ނިންމީ ކުޅެން އަރާށެވެ. އެ ޓީމުން ކުޅެން އަރައި ދިހަ އޯވަރުގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 68 ލަނޑެވެ. ޓީމް ޔޯޔޯ އިން ޖަވާބުގައި ކުޅެން އަރައި 8.5 އޯވަރުގައި ތިން ކުޅުންތެރިން ނުބައިވެގެން 70 ލަނޑު ހަދައި މެޗު ކާމިޔާބުކުރި އެވެ.
ފުވައްމުލަކު މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ ވައިޒެންސް އާއި ސްޕާޓަންސް އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment