Advertisement

އެއްކޮށް ފިޓްނުވަނީސް ލެބްރަން ޖޭމްސް އަލުން ކޯޓަށް

28 މާރިޗު 2023 - 05:45 0

ޝިކާގޯ ބުލްސް ކުޅުންތެރިއަކު ކައިރިން ލެބްރަން ހޭމްސް ބޯޅަ ހިފައިގެން ދާން މަސައްކަތް ކުރަނީ.


އެއްކޮށް ފިޓްނުވަނީސް ލެބްރަން ޖޭމްސް އަލުން ކޯޓަށް

28 މާރިޗު 2023 - 05:45 0

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (މާޗް 28) - ލޮސް އެންޖެލްސް (އެލްއޭ) ލޭކާސް އަށް ކުޅެމުން އަންނަ ތަރި، ލެބްރަން ޖޭމްސް، ފަޔަށް ލިބިފައިވާ އަނިޔާއިން އެއްކޮށް ރަނގަޅުނުވިޔަސް އޭނާ އަލުން ކުޅެން ފަށައިފި އެވެ.

އުމުރުން 38 އަހަރުގެ ޖޭމްސް، 13 މެޗުގައި ނުކުޅެ ހުރެފައި އެނބުރި އައި މެޗުން ލޭކާސް ވަނީ ޝިކާގޯ ބުލްސް އަތުން ބަލިވެފަ އެވެ. ޝިކާގޯ ބުލްސް އިން 118-108 އިން ލޭކާސް ބަލިކުރި މެޗުގައި، ޖޭމްސް ބޭނުންކުރީ ބަދަލަކަށެވެ. މި މެޗުގައި ޖޭމްސް ވަނީ 19 ޕޮއިންޓް އެއްކޮށްފަ އެވެ.

ދާދި ފަހުން، ނެޝަނަލް ބާސްކެޓްބޯލް ލީގު (އެންބީއޭ) ގައި އެންމެ ގިނަ ޕޮއިންޓް އެއްކުރުމުގެ ރެކޯޑް ހެދި ޖޭމްސް އަށް މި ސީޒަނުގައި އަނިޔާގެ ސަބަބުން އެކި ފަހަރު މަތިން ޖުމްލަ އެކު، 27 މެޗު ވަނީ ގެއްލިފަ އެވެ.

މި ފަހަރު 13 މެޗަށް ފަހު ޖޭމްސް އެނބުރި މި އައީ ކަނާތު ފައިތިލަ އަށް ލިބުނު އަނިޔާ އަކަށް ފަރުވާ ހޯދުމަށް ފަހު އެވެ.

ޝިކާގޯއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ޖޭމްސް ބުނީ އަދިވެސް އެއްކޮށް ފިޓްނުވާ ކަމަށެވެ.

"ވިސްނުމުގައި މި ހުންނަނީ ޝައްކުތަކެއް. އެއީ އެހާ ގިނަ މެޗު ނުކުޅެ ހުރެފައި އައިސް މި ކުޅުނީ. ދެން، އަދިވެސް މީގެ ތަދު އެބަހުރޭ. އެއްކޮށް ފިޓެކޭ ނުބުނެވޭނެ. މަޑުމަޑުން ހޭނެމުން އެއްކޮށް ފިޓްވެވޭނީ،" ޖޭމްސް ބުންޏެވެ.

ވެސްޓާން ކޮންފެރެންސް ލީގުގައި މި ވަގުތު ލޭކާސް އޮތީ ނުވަ ވަނައިގަ އެވެ. ބާކީ އޮތީ ހަތް މެޗެވެ.