Advertisement

ރަމަޟާން ކްރިކެޓް ކާނިވަލް: ވާރު އާއި މީޓިއާސްގެ ފެށުން ރަނގަޅު

26 މާރިޗު 2023 - 08:04 0

އިސްމާއީލް އަޒްމީން

އ

Advertisement

ރަމަޟާން ކްރިކެޓް ކާނިވަލްގެ އޯޕަން މުބާރާތުގައި އިއްޔެ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް


ރަމަޟާން ކްރިކެޓް ކާނިވަލް: ވާރު އާއި މީޓިއާސްގެ ފެށުން ރަނގަޅު

26 މާރިޗު 2023 - 08:04 0

Advertisement

މިހާރު ކުރިއަށްދާ ރަމަޟާން ކްރިކެޓް ކާނިވަލްގެ އޯޕަން މުބާރާތުގައި ވާރު އާއި މީޓިއާސް އިން ވެސް ކުޅުނު ފުރަތަމަ މެެޗު ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފި އެވެ.

ކްރިކެޓް ކާނިވަލްގެ ދެ ވަނަ ދުވަހުގެ ކުޅުމަށް ބަލާއިރު ވާރު ކުޅުނު މެޗު ކާމިޔާބުކުރީ ޕޮލިސް ކުލަބާ ވާދަކޮށް 37 ލަނޑުންނެވެ. މީޓިއާސް އިން މެޗު ކާމިޔާބުކުރީ ޝުގަ ކޯންއާ ވާދަކޮށް 23 ލަނޑުންނެވެ.

Advertisement

ވާރު އާއި ޕޮލިސް ވާދަކުރި މެޗުގެ ޓޮސް ދިމާވުމުން ޕޮލިހުން ނިންމީ އުކުމަށެވެ. ވާރުން ކުޅެން އަރާ އަށް އޯވަރުގެ ތެރޭގައި ކުޅުންތެރިއަކު ނުބައި ނުވެ 148 ލަނޑު ހެދި އެވެ. މިއީ، މިހާތަނަށް މި މުބާރާތުގެ އެއް އިނިންގްސްގެ އެންމެ އެންމެ މަތީ ސްކޯ އެވެ. ވާރު ޓީމުން އެންމެ ރަނގަޅަށް ކުޅުނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މުހައްމަދު ޖިނާހު އިބްރާހިމް އެވެ. އޭނާ ވަނީ 17 ބޯޅައިން 36 ލަނޑު ހަދައިފަ އެެވެ. މީގެ އިތުރުން އަލީ މުއާޒް ނުބައިނުވެ 14 ބޯޅައިން 35 ލަނޑު ހެދިއިރު، މުސާ ޖިނާހު ވަނީ 11 ބޯޅައިން 31 ލަނޑު ހަދައިފަ އެވެ.

ޕޮލިހުން ކުޅެން އަރައި އަށް އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 111 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަަޅަށް ކުޅުނީ ނުބައި ނުވެ 12 ބޯޅައިން 28 ލަނޑު ހެދި އަހުމަދު ޝިރުހާން އެވެ. މުއްރަތު އަހުމަދު ވެސް 16 ބޯޅައިން 27 ލަނޑު ހެދި އެވެ. ވާރުގެ އިބްރާހިމް އާފާގު މި އިނިންގްސްގައި ދެ އޯވަރުގައި 12 ލަނޑަށް ދެ ވިކެޓު ނެގި އެވެ.

މީޓިއޯސް އާއި ޝުގާ ކޯން ވާދަކުރި މެޗުގެ ޓޮސް ދިމާވުމުން މީޓިއޯސް ނިންމީ ފުރަތަމަ ބެޓް ކުރާށެވެ. އެ ޓީމުން ކުޅެން އަރާ އަށް އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 131 ލަނޑު ހެދި އެވެ. މީޓިއޯސް ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 7 ބޯޅައިން 28 ލަނޑު ހެދި އިބްރާހިމް އަލީ އާއި ނުބައިނުވެ 15 ބޯޅައިން 28 ލަނޑު ހެދި ފަޒީލް ޖަލީލް އެވެ.

Advertisement

ޖަވާބުގައި ޝުގާ ކޯން ކުޅެން އަރައި އަށް އޯވަރުގައި ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 108 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަަޅަށް ކުޅުނީ 11 ބޯޅައިން 18 ލަނޑު ހެދި އިބްރާހިމް އަލީ އެވެ. މި އިނިންގްސްގައި މުހިންމު ވިކެޓެއް ނެގި މީޓިއޯސްގެ ފަޒީލް ޖަލީލަށް ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބިފަ އެވެ.

ރަމަޟާން ކްރިކެޓް ކާނިވަލްގައި ހިމެނޭ މުބާރާތްތަކުގެ ތެރެއިން ފުވައްމުލަކުގައި ކުރިއަށްދާ މުބާރާތް ފެށީ އިއްޔެ އެވެ. އެ މުބާރާތުގައި ފަސް ޓީމަކުން ވާދަކުރަމުން އަންނައިރު ފުރަތަމަ ކުޅުނު މެޗުގައި ވާދަކުރީ ޓީމް ޔޯޔޯ އާއި ވިޒެންސް ކްރިކެޓް ކުލަބެވެ. މި މެޗު ޔޯޔޯ އިން ކާމިޔާބުކުރީ 58 ލަނޑުންނެވެ.

މެޗުގެ ޓޮސް ދިމާވުމުން ވައިޒެންސް އިން ނިންމީ އުކާށެވެ. ޔޯޔޯ ކުޅެން އަރައި 10 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 130 ލަނޑު ހެދި އެވެ. އެ ޓީމުން އެންމެ ރަނގަަޅަށް ކުޅުނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަލީ އިފްހާމް އާއި މުހައްމަދު އަލް އަމިން އެވެ. އަދި 24 ބޯޅައިން 38 ލަނޑު އިފްހާމް ހެދިއިރު، މުހައްމަދު އަލް އަމިން ވަނީ 11 ބޯޅައިން 39 ލަނޑު ހަދައިފަ އެވެ.

ޖަވާބުގައި ވައިޒެންސް ކުޅެން އަރައި 10 އޯވަރުގައި އެއް ކުޅުންތެރިއަކު ނުބައިވެގެން ހެދުނީ 72 ލަނޑެވެ. މުބާރާތުގައި ވާދަކުރާ ޓީމްތަކުގެ ތެރެއިން ހުސް އަންހެން ކުޅުންތެރިން ހިމެނޭ ވައިޒެންސް ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ 21 ބޯޅައިން 22 ލަނޑު ހެދި ފާތިމަތު މާހާ އެވެ.

މާލޭގައި ކުރިއަށްދާ އޯޕަން މުބާރާތުގެ ދެ މެޗެއް މިއަދު ކުޅޭއިރު ފުވައްމުލަކު މުބާރާތުގެ މެޗެއްވެސް މިއަދު ކުޅޭނެ އެވެ.