Advertisement

ދިރާގު ރޯދަ ކެމްޕޭނާ ގުޅުވައިގެން "ލޯބި" ފިލްމެއް

25 މާރިޗު 2023 - 20:15 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ދިރާގުން ތައްޔާރު ކުރި ކުރު ފިލްމުގެ ސްނެޕްޝޮޓެއް --


ދިރާގު ރޯދަ ކެމްޕޭނާ ގުޅުވައިގެން "ލޯބި" ފިލްމެއް

25 މާރިޗު 2023 - 20:15 0

މަންމައަށް އެހީތެރިވެދޭ އުމުރުގެ ފިރިހެން ކުއްޖެކެވެ. އެއީ ލޮލުގެ ފެނުމުން މަހުރޫމެވެފައި ހުރި ކުއްޖެކެވެ. ހިނިތުންވެލާފައި މަންމަގެ އަތުން ދިއްކޮށްލާ ކަރާފޮތި ކާލަމުން އެ މަންމައަށް ދެނީ ޔަގީންކަމެކެވެ. އެއަށްފަހު ކުރަނީ ސުވާލެކެވެ.

"އާދެ މަންމާ، ދޮންތައަށް އެނގޭނެތަ ކަރާފަނި ހަދަން؟،"

މިއީ މި ރޯދަ މަހަށް ހާއްސަކޮށް ދިރާގުން ކަނޑައެޅި ޝިޔާރުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ކުރު ފިލްމުގެ ފެށޭ ބައެވެ. 'ލޯބި' ނަމަކަށް ކިޔާ އެ ފިލްމުން ދައްކުވައިދެނީ މައިވަންތަ ކަމުގެ ލޯތްބާއި އެ މަންމައަށް ދަރިއެއްގެ ހިތުގައި އޮންނަ ކުލުނެވެ.

އެތައް މަސައްކަތެއް ކޮށްގެން ވެސް މަންމަ ގިރާ ފަނިތަށީގައި ހުންނަ ރަހަ، އެއްބަނޑު އެއްބަފާ ދޮންތަ ގިރައިދޭ ފަނީގައި ނުލާ ކަމެވެ. އެ ރަހަ ގެނެސްދޭން ނޭނގޭ ކަމެވެ. މަންމަގެ މަގާމު އެހެން އެއްވެސް މީހަކަށް ފުރައި ނުދެވޭނެ ކަމެވެ. އެއީ އެއްބަނޑު އެއްބަފާ މީހެއް ކަމުގައިވިޔަސްމެ އެވެ. ފިލްމު ނިމިގެންދަނީ އުފާވެރި ކަރުނަ ލޮލުން ފާއްދާލާފަ އެވެ.

"ކޮންމެ މީހަކަށް ވެސް އަހަރުމެން ހިތްއެދޭ ކަންތައްތައް ކޮށްދެވިދާނެ، އެކަމަކު އެ މައިމީހާ ކޮށްދޭނެހައި ފުރިހަމަކޮށް ކޮށްދޭނެ އިތުރު މީހަކު ނުލިބޭނެ، މި ބަރަކާތްތެރި މައްސަރުގައި އެ މަންމަގެ އަގު ވަޒަން ކުރަމާ،" ފިލްމު ނިންމަލަމުން މެސެޖެއްގެ ބުނާ އަޑި އިވެ އެވެ.

ހަ މިނެޓުގެ އެ ފިލްމު ކުޅެފައި ވަނީ އއ. ތޮއްޑޫގަ އެވެ. އެ ފިލްމު މިހާރު ޔޫޓިއުބުން ފެންނާނެ އެވެ.

ކޮންމެ އަހަރަކު ވެސް ދިރާގުން ރޯދަ މަހާ ގުޅުވައިގެން މިފަދަ ތަފާތު ޕްރޮމޯޝަންތައް ކުރިއަށް ގެންދެ އެވެ. މިފަހަރުގެ މުޅި ކެމްޕެއިން ހާއްސަކޮށްފައި ވަނީ މަންމައިންނަށާއި މަންމަގެ އަގު ވަޒަންކޮށް މަންމައާއެކު އޮންނަ ގުޅުން ބަދަހި ކުރުމަށެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ އެކި އިޝްތިހާރުތަކާއި ކެމްޕެއިންތައް މެދުވެރިކޮށް ތަފާތު މުހިންމު އިޖުތިމާއީ މެސެޖްތައް އާންމުންނާއި ހަމައަށް ގެނެސްދިނުމަށް ކަމަށެވެ.