25 މާރިޗު 2023 - 16:43 2
މުހައްމަދު ޝަހްޒާން
25 މާރިޗު 2023 - 16:43 2
ރޯދަމަހު ވިލާ މާޓުގެ ހުރިހާ ރީޓެއިލް ފިހާރަތަކުގައި ތާޒާ މޭވާ އާއި ތަރުކާރީގެ އެކި ބާވަތްތައް ލިބެން ހުންނާނެ ކަމަށް އެ ފިހާރައިން ބުނެފި އެވެ.
"މިވަގުތު ވެސް ވިލާ މާޓުތަކުގައި ޕެއާސް، ސްޓްރޯބެރީ، ކިވީ، ގްރޭޕްފްރޫޓް، އަދި މެންޑަރިން ފަދަ ރަހަމީރު މޭވާ ލިބެން ހުންނާނެ،" ވިލާ ޓްރޭޑިންގެ އޮފިޝަލް ބުންޏެވެ.
ވިލާއިން ލިބެން ހުންނާނެ ތަރުކާރީގެ ބާވަތްތަކުގެ ތެރޭގައި ބެލް ޕެޕާސް، ޗެރީ ޓޮމާޓޯ، ރެޑް ކެބެޖް، ޗައިނީސް ކިއުކަމްބާ، ސްޕްރިން އަނިއަންސް، ލީކްސް، ރެޑިޝްސް އަދި ބްރިންޖަލްސް ފަދަ ތަކެތި ވެސް ހިމެނޭނެ އޭނާ ބުންޏެވެ.
"ވިލާ މާޓުގެ ކަސްޓަމަރުންނަށް ތަފާތު ވައްތަރުގެ އުފެއްދުންތައް ލިބޭނެ ގޮތް ހެދުމަކީ ވިލާ ޓްރޭޑިންގެ ބޮޑު އަމާޒެއް، ދުޅަހެޔޮ ދިރިއުޅުމެއް ދެމެހެއްޓުމަށްޓަކައި ރޯދަ ވީއްލާ ގަޑީގައި ތާޒާ މޭވާއާއި ތަރުކާރީ ހިމެނުމަކީ ނުހަނު މުހިންމު ކަމެއް،"
އޭނާ ބުނީ ވިލާ ޓްރޭޑިން އިން އިސްކަންދެނީ ކަސްޓަމަރުންނަށް އެންމެ މަތީ ފެންވަރުގެ އުފެއްދުންތައް ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން ހަފުތާއަކު ދެ އެއާ ފުރެއިޓް ޝިޕްމަންޓް ސީދާ ވިލާ މާޓުގެ ރީޓެއިލް އައުޓްލެޓްތަކަށް ގެންނާނެ ކަމަށް އޭނާ ބުންޏެވެ.
ތާޒާ އުފެއްދުންތަކުގެ އިތުރުން ފެންވަރު ރަނގަޅު ކާނާއާއި ބުއިންތައް ފުޅާ ދާއިރާއެއްގައި ވިލާ މާޓުން ފޯރުކޮށްދެ އެވެ. ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ވިލާ މާޓުގެ ވެބްސައިޓުން މި ހުރިހާ މުދަލެއް ވެސް އޯޑަރު ކުރެވޭނެ އެވެ. އަދި ވިލާ މާޓުގެ އެޕު، ގޫގުލް ޕްލޭ ސްޓޯ ނުވަތަ އެޕު ސްޓޯރުން ޑައުންލޯޑު ކުރެވޭނެ އެވެ.
ވެބްސައިޓުންނާއި އެޕު މެދުވެރިކޮށް ގަންނަ ހުރިހާ ތަކެއްޗެއް ވެސް ގޭގެ ދޮރުމައްޗަށް ވިލާ މާޓުން ޑެލިވާ ކޮށްދޭނެ އެވެ.
Comment