Advertisement

ރުޕާޓް މާޑޮކް 92 އަހަރުގައި ފަސް ވަނަ ކައިވެނި ކުރަނީ

21 މާރިޗު 2023 - 07:25 2

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މަހުޖަނު ރުޕާޓް މާޑޮކް. -- ފޮޓޯ: ގެޓީ އިމޭޖާޒް


ރުޕާޓް މާޑޮކް 92 އަހަރުގައި ފަސް ވަނަ ކައިވެނި ކުރަނީ

21 މާރިޗު 2023 - 07:25 2

މީޑިއާ އިންޑަސްޓްރީގެ ވިޔަފާރިތަކުން މަހުޖަނަކަށް ވެފައިވާ ރުޕާޓް މާޑޮކްގެ ފަސް ވަނަ ކައިވެނި އުމުރުން 92 އަހަރުގައި ކުރަން ތައްޔާރުވެއްޖެ އެވެ.

މާޑޮކް އާއި ކުރިން ފުލުހުންނާ ގުޅުން ހުރި ވަޒީފާއެއް އަދާކުރި އުމުރުން 66 އަހަރުގެ އޭން ލެސްލީ ސްމިތް ބައްދަލުވީ ކެލިފޯނިއާއިން މިދިޔަަ ސެޕްޓެމްބަރު މަހު އެވެ.

މާޑޮކްގެ ނޫހެއް ކަމަށް ނިއު ޔޯކް ޓައިމްސްއަށް އޭނާ ބުނީ "މިއީ ފަހު ލޯބި" ކަމަށެވެ. މާޑޮކް އާއި ކުރީގެ އަންހެނުން ޖެރީ ހޯލް ވަރިވީ މިދިޔަ އަހަރު އެވެ.

އޭން ލެސްލީ ސްމިތްގެ ކުރީގެ ފިރިމީހާ ޗެސްޓާ ސްމިތްއަކީ ލަވަކިޔުންތެރިއެއް އަދި ރޭޑިއޯ އާދި ޓީވީ އެގްޒެކްޓިވްގެ ވަޒީފާ އަދާކުރި މީހެކެވެ. އޭނާ ވަނީ މަރުވެފަ އެވެ.

ރުޕާާޓް މާޑޮކް އަދި އޭން ލެސްލީ ސްމިތު.


"އަހަރެން ހުވަފަތްވެފައި އިންނަތާ 14 އަހަރު ވެއްޖެ. ރުޕާޓް ގޮތަށް އަހަރެންގެ ފިރިމީހާއަކީ ވެސް ވިޔަފާރިވެރިއެއް. އެހެންވީމާ ރުޕާޓްގެ ބަހުރުވަ އަހަންނަށް އިނގޭ،" އޭން ލެސްލީ ސްމިތު ބުންޏެވެ.

މާޑޮކްގެ ފުރަތަމަ ތިން ކައިވެނިން ހަ ދަރިން ލިބުނެވެ. އޭނާ ކުރިން ކައިވެނި ކުރީ އޮސްޓްރޭލިއާގެ ފްލައިޓް އެޓެންޑެންޓް ޕެޓްރީޝިއާ ބުކާ، ސްކޮޓްލޭންޑުގެ ނޫސްވެރިއާ އެނާ މޭން އަދި ޗަައިނާގެ ވިޔަފާރިވެރިޔާ ވެންޑީ ޑެންގްއާ އެވެ.

މާޑޮކް އާއި އޭންގެ ކައިވެނި އޮންނާނީ ކުރިއަށް އޮތް ހޫނު މޫސުމުގަ އެވެ.