Advertisement

ތައިލޭންޑުގެ ޕާލަމެންޓު އުވާލައިފި

21 މާރިޗު 2023 - 05:50 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ތައިލޭންޑުގެ ބޮޑު ވަޒީރު ސަޕޯޓަރުންނާ އެކު. -- ފޮޓޯ: ރޮއިޓާޒް


ތައިލޭންޑުގެ ޕާލަމެންޓު އުވާލައިފި

21 މާރިޗު 2023 - 05:50 0

އަންނަ މޭ މަހު އާއްމު އިންތިހާބު ބޭއްވުމަށް މަގުފަހިކުރުމުގެ ގޮތުން ތައިލޭންޑުގެ ރަސްގެފާނުގެ އެ ގައުމުގެ ޕާލަމެންޓު އުވާލައްވައިފި އެވެ.

ބޮޑު ވަޒީރު ޕްރަޔޫތު ޗަން އޮޗާގެ ކޮންޒަވޭޓިވް ރޯޔަލިސްޓް ޕާޓީއަށް އެންމެ ބޮޑު ގޮންޖެހުމެއް އޮންނާނީ ފެއު ތައި ޕާޓީގެ ފަރާތުންނެވެ.

ފެއު ތައި ޕާޓީގައި އިސްކޮށް އުޅުއްވަނީ ގައުމުން އަރުވާލާފައިވާ ކުރީގެ ބޮޑު ވަޒީރު ތަކްސިން ޝިނަވަތުރާގެ ދަރިކަނބަލުން ޕައެޓޮންގްޓާން އެވެ.

ތަކްސިންގެ ސަރުކާރާ ދެކޮޅަށް 2006 ވަނަ އަހަރު ހިންގި ބަގާވާތަށް ފަހު އެމަނިކުފާނު އުޅުއްވަނީ ގައުމުން ބޭރުގަ އެވެ.

މިހާރުގެ ބޮޑު ވަޒީރު ޕްރަޔޫތު ވެރިކަމަށް ވަޑައިގެންނެވީ ތަކްސިންއަށް ވަފާތެރި ސަރުކާރަކާ ދެކޮޅަށް 2014 ގައި ހިންގި ބަގާވާތަށް ފަހު އެވެ. ޕްރަޔޫތުގެ މަގްބޫލުކަން ކުޑަވަމުންދާ ކަމަށް ޕޯލްތަކުން ދައްކަ އެވެ.

އިންތިހާބު ބާއްވާނެ ތާރީހު ހަމަޖައްސާފައި ނުވި ނަމަވެސް ޕާލަމެންޓް އުވާލާތާ 60 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެ އެވެ.

ތައިލޭންޑުގައި މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އުފެއްދީ އަސްކަރިއްޔާއިންނެވެ. އޭގެ ދަށުން އިދިކޮޅު ޕާޓީތަކަށް ވެރިކަމަށް އައިސް ސަރުކާރެއް ގާއިމްކުރަން އުނދަގޫވާނެ އެވެ.