Advertisement

"ދުވަހުގެ ގަރާރު"؛ މުދަލާއި ހިދުމަތުގެ އަގު ބޮޑުވުން ކޮންޓްރޯލް ކުރުމަށް

20 މާރިޗު 2023 - 09:58 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު؛ ވަނީ މުދަލާއި ހިދުމަތުގެ އަގު ކޮންޓްރޯލް ކުރުމަށް ގަރާރެއް ހުށަހަޅާފައި-- ފޮޓޯ: މަޖިލިސް


"ދުވަހުގެ ގަރާރު"؛ މުދަލާއި ހިދުމަތުގެ އަގު ބޮޑުވުން ކޮންޓްރޯލް ކުރުމަށް

20 މާރިޗު 2023 - 09:58 0

މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމާ ގުޅިގެން ތަކެތީގެ އަގު އުފުލެމުންދާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް ފެށިގެން ކުރިއަށްދާއިރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ މެންބަރުންނާއި އިދިކޮޅުން އަންނަނީ ކޮންމެ ދުވަހެއްގެ ޖަލްސާގައި ވެސް ސަރުކާރުގެ ވައުދުތައް ތަންފީޒުނުކުރާ ކަމުގެ ޝަކުވާއާއެކު ގަރާރުތައް ހުށަހަޅަމުންނެވެ.

ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް މިއަދު ހުށަހެޅުއްވި ގަރާރުގައި ބުނީ ޖީއެސްޓީ ބޮޑުކުރުމާއެކު، މި އަހަރުތެރޭގައި ކާބޯތަކެތީގެ އަގު 7.8 ޕަސެންޓު އިތުރުވެ، އިންފްލޭޝަން އިންތިހާއަށް މަތިވެފައިވާ ކަމަށެވެ.

"ލިބޭ އާމްދަނީން ދެކޮޅު ނުޖެހޭ ރައްޔިތުންގެ ގިނަ ބަޔަކަށް އާމްދަނީ އިތުރުކުރެވޭނެ މަގުތަކެއް ފެންނަން ނެތުމާއި ޖޫރިމަނާއާއި އެހެނިހެން ނަން ނަމުގައި ސަރުކާރަށް ދައްކަން ޖެހޭ ފައިސާ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން [އެބަ ދޭ]،" ގަރާރުގައި ބުނެފައިވެ އެވެ.

ގަރާރުގައި ޖީއެސްޓީ އަލުން މުރާޖައާ ކޮށް، މުދަލާއި ހިދުމަތުގެ އަގު ހެޔޮކޮށް ކޮންޓްރޯލް ކުރުމަށް ގޮވާލާއިފައިވެ އެވެ.