Advertisement

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލާން ހުޅުވާލައިފި

20 މާރިޗު 2023 - 08:37 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓު: އެ ކޯޓުގެ އިސް ގާޒީގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލާން ހުޅުވާލައިފި

20 މާރިޗު 2023 - 08:37 0

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ކޯޓުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ގާޒީންނަށް ހުޅުވާލައިފި އެވެ.

އެ މަގާމަށް ޝައުގުވެރިވާ ގާޒީން އޭޕްރީލް 3، ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް އެ ކޮމިޝަނުން އިއްޔެ ކުރި އިއުލާނެއްގައި ވަނީ އެދިފަ އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމަށް ހޮވޭ ފަރާތަކަށް މުސާރައިގެ ގޮތުގައި ޖުމްލަ 49،300ރ. ލިބޭނެ އެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި 31،000ރ. އާއި ލިވިން އެލަވަންސްގެ ގޮތުގައި ދޭ 15،000ރ. އަދި ރިސްކް އެލަވަންސްގެ ގޮތުގައި ލިބޭ 3،300ރ. އެވެ.

އޭގެ އިތުރުން މެޑިކަލް އެލަވަންސާއި ފޯނު އެލަވަންސް ވެސް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތުގެ މަތިން އެ އިސް ފަނޑިޔާރަށް ލިބޭނެ އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހުމަދު ޝަކީލް، ހައި ކޯޓުގައި ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ. އެއާއެކު މިހާރު އެ ކޯޓު ހިންގުން ޖޭއެސްސީއިން ވަގުތީގޮތުން ހަވާލުކޮށްފައިވަނީ އެ ކޯޓުގެ ގާޒީ އާދަމް މުހައްމަދާ އެވެ.