Advertisement

އިޒްރޭލާއި ފަލަސްތީނުގެ ދެ ވަނަ ބައްދަލުވުން މިސްރުގައި ބާއްވައިފި

20 މާރިޗު 2023 - 06:05 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިޒްރޭލުން ހިފައިގެން އުޅޭ ފަލަސްތީނުގެ ބިމުގައި ބަޔަކު ހަރަކާތްތެރި ވަނީ. -- ފޮޓޯ: އޭޕީ


އިޒްރޭލާއި ފަލަސްތީނުގެ ދެ ވަނަ ބައްދަލުވުން މިސްރުގައި ބާއްވައިފި

20 މާރިޗު 2023 - 06:05 0

މެދުއިރުމައްޗަށް ސުލްހަ ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިޒްރޭލާއި ފަލަސްތީން އޮފިޝަލުންގެ ދެ ވަނަ ބައްދަލުވުމެއް އާދީއްތަ ދުވަހު މިސްރުގައި ބާއްވައިފި އެވެ.

އިޒްރޭލާއި ފަލަސްތީނުގެ ބައްދަލުވުންތައް ބާއްވަނީ މިސްރު، އުރުދުން އަދި އެމެރިކާ މެދުވެރިވެގެންނެވެ. ބައްދަލުވުމުގެ އަމާޒަކީ އަމާންކަން ގާއިމްކޮށް، ކުރިމަތިލުންތައް މަދު ކުރުމެވެ.

ރިޕޯޓުތައް ބުނާ ގޮތުން ފާއިތުވި އަހަރުގެ ތެރޭގައި އިޒްރޭލާއި ފަލަސްތީނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ 200 އަށް ވުރެ ގިނަ މީހުން އަދި އިޒްރޭލުގެ 40 މީހުން މަރުވި އެވެ.

ސުލްހަ ގެނައުމުގެ މަގުސަދުގައި ފުރަތަމަ ބައްދަލުވުން އޮތީ ފެބްރުއަރީ މަހުގެ ފަހުކޮޅު އެވެ. އެ ފަހަރު ހަމަނުޖެހުން މަދުކުރަން އެއްބަސްވި ނަމަވެސް، ކުރިމަތިލުންތައް މަދުވެފައެއް ނުވެ އެވެ.

ދެ ވަނަ ބައްދަލުވުމެއް ބޭއްވުމުގެ ބޭނުމަކީ ކުރިއަށް އޮތް ރޯދަ މަހުގެ ތެރޭގައި ހަމަނުޖެހުން އިތުރުވެދާނެތީ އެކަން ހައްލުކުރެވޭނެ ގޮތްތައް ހޯދުމެވެ.

ކޮންމެ އަހަރަކު ވެސް ރޯދަ މަހާ ދިމާކޮށް އިޒްރޭލުން ދޭ ހަމަލާތައް އިތުރުވެ އެވެ. ވަކިން ހާއްސަކޮށް އަގްސާ މިސްކިތް ކައިރީގައި ހަމަނުޖެހުން އިތުރުވެ އެވެ.

މީގެ ކުރިން 2021 ވަނަ އަހަރު ހިނގި ހަމަނުޖެހުންތައް ބޮޑުވެގެން ގޮސް އިޒްރޭލާއި ގާޒާގައި ވެރިކަން ކުރާ ހަމާސްއާ ދެމެދު 11 ދުވަސް ވަންދެން ހަމަލާ ބަދަލުކުރި އެވެ.