Advertisement

ރޯދަ މަހު ބީއެމްއެލް ހުޅުވާނީ ހެނދުނު 9:30 މެންދުރު 12 ޖަހަންދެން

19 މާރިޗު 2023 - 17:38 0

މުހައްމަދު ހަފީޒު

މުހައްމަދު ހަފީޒު


ރޯދަ މަހު ބީއެމްއެލް ހުޅުވާނީ ހެނދުނު 9:30 މެންދުރު 12 ޖަހަންދެން

19 މާރިޗު 2023 - 17:38 0

އަންނަ ބުރާސްފަތި ދުވަހު ފެށޭ ރޯދަ މަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުވާނީ ހެނދުނު 9:30 އިން ފެށިގެން މެންދުރު 12:00 ޖަހަންދެން ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުގެ މައި ގޮފީގެ އިތުރުން ހުރިހާ އެހެން ގޮފިތަކާއި ސާވިސް ސެންޓަރުތައް ވެސް ރޯދަ މަހު ހުޅުވާނީ ހެނދުނު 9:30 އިން ފެށިގެން މެންދުރު 12:00 އަށް ކަމަށެވެ.

ހަ ރޯދައިގައި ވެސް ބޭންކު ހުޅުވާނީ އެ ގަޑިތަކަށް ކަމަށް ބީއެމްއެލުން ބުނެ އެވެ.

ބޭންކު އޮޕަރޭޓު ކުރާ ގަޑިތައް ބަދަލުވި ނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ބީއެމްއެލް އިން ބުނީ މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގެ ހިދުމަތްތައް ވެސް މި ރޯދަ މަހު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ. އަދި ބޭންކުގެ ކޮންޓެކްޓް ސެންޓަރު މެދުވެރިކޮށް ވެސް ކަސްޓަމަރުންނަށް ހިދުމަތް ދެމުންދާނެ އެވެ.