Advertisement

އެމްއާރުއެމްއިން ކޯލިޝަނާ މެދު ގޮތެއް ނުނިންމާ، އިތުރަށް މަޝްވަރާ ކުރަނީ

19 މާރިޗު 2023 - 13:22 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ރައީސް ސޯލިހު އަދި މައުމޫން. އެމްއާރުއެމްއިން ބުނީ މި ބައްދަލުވުމުގައި ދެފަރާތުން ނިންމީ ޓީމުތައް ނަގައިގެން އިތުރަށް މަޝްވަރާކުރުމަށް ކަމަށް -- ފޮޓޯ: ރައީސް އޮފީސް


އެމްއާރުއެމްއިން ކޯލިޝަނާ މެދު ގޮތެއް ނުނިންމާ، އިތުރަށް މަޝްވަރާ ކުރަނީ

19 މާރިޗު 2023 - 13:22 0

ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމާއި ގުޅޭގޮތުން މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު ބޭއްވި ބައްދަލުވުމުގައި ގޮތެއް ނުނިންމާ ކަމަށާއި، އިތުރަށް މަޝްވަރާ ކުރާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު "އަދަދު" އަށް ވިދާޅުވީ ބައްދަލުވުން ދިޔައީ ރަނގަޅަށް ކަމަށާއި، މަޝްވަރާ ކުރެވުނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ގުޅޭ ގޮތުން ކަމަށެވެ.

އަންނަ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކުޑަތަންވެފައިވާއިރު ރައީސް ސޯލިހާ އެކު ކޯލިޝަން ހެދުމަށް މިހާރު ވެސް ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީން ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން އަހުމަދު ސިޔާމް މުހައްމަދުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް އިން ވެސް ވަނީ ރައީސް ސޯލިހާއެކު ކޯލިޝަން ހަދަން ނިންމައިފަ އެވެ.

ސަރުކާރު ކޯލިޝަނުގައި މިހާރު ވެސް ހިމެނޭ ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީން ނިންމީ، އެ ޕާޓީ އިސްވެ އޮވެ ކޯލިޝަނެއް ހަދައިގެން ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށެވެ. އެހެންކަމުން ރައީސް ސޯލިހުގެ ފަހަތްޕުޅަށް ގާސިމް އަރުއްވާނެ ކަމަށް ނުބެލެވެ އެވެ.

އޭގެ އިތުރުން، ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓު ރައީސް ސޯލިހު ކާމިޔާބު ކުރައްވާފައިވާއިރު އެމަނިކުފާނާއެކު އެ އިންތިހާބުގައި ވާދަ ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސްގެ ފަހަތްޕުޅަށް ނާރުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.