Advertisement

އަންގާރަ ދުވަހު ޓްރަމްޕް ހައްޔަރު ކުރާނެ ކަމަށް ބުނެފި

19 މާރިޗު 2023 - 06:02 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް. -- ފޮޓޯ: ގެޓީ އިމޭޖާޒް


އަންގާރަ ދުވަހު ޓްރަމްޕް ހައްޔަރު ކުރާނެ ކަމަށް ބުނެފި

19 މާރިޗު 2023 - 06:02 0

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހައްޔަރު ކުރަން އުޅޭ ކަމަށް ވިދާޅުވެ، ސަޕޯޓަރުން މުޒާހަރާ ކުރުމަށް ގޮވާލައްވައިފި އެވެ.

ޓްރަމްޕް ވިދާޅުވީ ހައްޔަރު ކުރަން އުޅެނީ އަންހެނަކާ އެކު ބޭއްވި ގުޅުން ސިއްރުކުރަން ފައިސާ ދިން ކަމަށް ތުހުމަތު ކުރާ މައްސަލައިގައި ކަމަށެވެ.

ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްރުތް ސޯޝަލްގައި އެމަނިކުފާނު ސަޕޯޓަރުންނަށް ގޮވާލެއްވީ ހައްޔަރު ކުރުމާ ދެކޮޅަށް ނިކުތުމަށެވެ.

ޓްރަމްޕްގެ ވަކީލުން ވިދާޅުވީ އަންގާރަ ދުވަހު ހައްޔަރު ކުރާނެ ކަމަށް ބެލެވެނީ މީޑިއާ ރިޕޯޓުތައް ހުރި ގޮތުން ކަމަށެވެ. ޓްރަމްޕްއާ ދެކޮޅަށް ދައުވާ އުފުލައިފި ނަމަ، އެމަނިކުފާނު ވާނީ އެމެރިކާގައި ޖިނާއީ މައްސަލައެއް ކުރިމަތިވި ފުރަތަމަ ކުރީގެ ރައީސަށެވެ.

އޭގެ އިތުރުން 2024 ވަނަ އަަހަރުގެ ރިޔާސީ އިންތިހާބަށް ރިޕަބްލިކަން ޕާޓީގެ ޓިކެޓް ހޯދުމަށް ހިންގާ ކެމްޕެއިނަށް ވެސް އޭގެ ސަބަބުން ހުރަސް އެޅޭނެ އެވެ.

ބަރަހަނާ ފިލްމު ކުޅުމަށް މަޝްހޫރު ސްޓޯމީ ޑެނިއެލްސްއާ އެކު ޓްރަމްޕް ބޭއްވި ޖިންސީ ގުޅުންތަކުގެ ވާހަކަ ސިއްރުކުރަަން 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ފައިސާ ދިން ކަމަށް ތުހުމަތުކޮށް، ތަހުގީގު ފެށީ މީގެ ފަސް އަހަރު ކުރިންނެވެ.

ޑެނިއެލްސް ބުނީ ޓްރަމްޕްގެ ކުރީގެ ގާނޫނީ ވަކީލު މައިކަލް ކޯހެން އޭނާއަށް 130،000 ޑޮލަރު ދިން ކަމަށެވެ. އެ ފައިސާ ދިނީ 2016 ގެ އިންތިހާބާ ދިމާކޮށް، ޓްރަމްޕްއާ އެކު އޮތް ގުޅުން ހާމަކޮށްފާނެތީ ކަމަށް ވެސް ބުންޏެވެ.

ޓްރަމްޕް ވަނީ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ. އަދި އެއީ ސިޔާސީ މަގުސަދެއްގައި ކުރާ ތުހުމަތުތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އުމުރުން 76 އަހަރުގެ ޓްރަމްޕްއާ ދެކޮޅަށް ގިނަ މައްސަލަތަކެއް ދަނީ ތަހުގީގު ކުރަމުންނެވެ. އެހެން ނަމަވެސް އެއްވެސް މައްސަލައެއްގައި މިހާތަނަށް ދައުވާކޮށްފައެއް ނުވެ އެވެ. އަދި އެ ހުރިހާ މައްސަލައެއްގައި ކުރާ ތުހުމަތުތައް ވެސް ދޮގުކުރައްވަ އެވެ.