Advertisement

"ދަ ވަޔާ" ގެ ތަރި ލޭންސް ރެޑިކް މަރުވެއްޖެ

18 މާރިޗު 2023 - 10:33 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ލޭންސް ރެޑިކްއަކީ އެކްޓަރެއްގެ އިތުރުން މިޔުޒީޝަނެއް. -- ފޮޓޯ: ގެޓީ އިމޭޖާޒް


"ދަ ވަޔާ" ގެ ތަރި ލޭންސް ރެޑިކް މަރުވެއްޖެ

18 މާރިޗު 2023 - 10:33 0

އެޗްބީއޯގެ މަގްބޫލް ސީރީޒް "ދަ ވަޔާ" ގެ ތަރި ލޭންސް ރެޑިކް އުމުރުން 60 އަހަރުގައި މަރުވެއްޖެ އެވެ.

އެކްޝަން ތްރިލާ ފިލްމު ސީރީޒް "ޖޯން ވިކް" ގައި ޗެރޮންގެ ރޯލުން ވެސް ރެޑިކް މަގްބޫލުކަން ހޯދި އެވެ.

ރެޑިކްގެ ޕަބްލިސިސްޓް ބުނީ އޭނާ މަރުވީ ހުކުރު ދުވަހު ކުއްލި ގޮތަކަށް ކަމަށެވެ. ރެޑިކްއަކީ އެކްޓަރެއްގެ އިތުރުން މިޔުޒީޝަނެކެވެ.

ކުއްލި ގޮތަކަށް މަރުވި އިރު، ރެޑިކް ހުރީ ލޮސް އެންޖެލެސްގައި އޭނާ ދިރިއުޅޭ ގޭގަ އެވެ. އެއީ ގުދުރަތީ މަރެއް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

"ޖޯން ވިކް" ގެ ހަތަރު ވަނަ ފިލްމު މާޗް 24 ގައި ނެރެން ހަމަޖެހިފައިވާ އިރު، ރެޑިކް ދިޔައީ އެ ފިލްމު ޕްރޮމޯޓް ކުރުމަށް ޕްރެސް ޓުއާއެއްގައި ހަރަކާތްތެރިވަމުންނެވެ.

"ޖޯން ވިކް" ގެ ސްޕިންއޯފް ފިލްމު "ބެލެރީނާ" ގައި ވެސް ރެޑިކް ފެނިގެން ދާނެ އެވެ. އެ ފިލްމު ނެރޭނެ ތާރީހެއް އަދި ނޭނގެ އެވެ.

ރެޑިކްގެ 25 އަހަރުވީ ކެރިއަރުގައި ގިނަ އަދަދެއްގެ ފިލްމާއި ޓީވީ ޝޯތަކުން ފެނުނެވެ. ނެޓްފްލިކްސުން އުފެއްދި "ރެޒިޑެންޓް އީވިލް" ސީރީޒް އާއި ސައިންސް ފިކްޝަން އެކްޝަން ފިލްމް "ގޮޑްޒިއްލާ ވާސަސް ކޮންގް" ގައި ވެސް އޭނާ އުޅުނެވެ.

އޭގެ އިތުރުން ރެޑިކް ވަނީ ވޮއިސް އެކްޓިންގައި ވެސް މަސައްކަތްކޮށްފަ އެވެ. ވަކިން ހާއްސަކޮށް ފާހަގަކުރެވެނީ ޓީވީ ސީރީޒް "ރިކް އެންޑް މޯޓީ" އެވެ.