Advertisement

ފްރާންސްގައި ކުރަމުންދާ މުޒާހަރާ ހޫނުވެ ހިދުމަތްތައް ހުއްޓުމަކަށް

18 މާރިޗު 2023 - 10:40 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މުޒާހަރާ ހޫނުވެ ފުލުހުންނާއި އާއްމުންނާ ދެމެދު ކުރިމަތިލުންތައް ދަނީ ހިނގަމުން. -- ފޮޓޯ: ގެޓީ އިމޭޖާޒް


ފްރާންސްގައި ކުރަމުންދާ މުޒާހަރާ ހޫނުވެ ހިދުމަތްތައް ހުއްޓުމަކަށް

18 މާރިޗު 2023 - 10:40 0

ފްރާންސްގައި ރިޓަޔާ ކުރާ އުމުރު މަތިކުރަން އުޅޭތީ ކުރަމުންދާ މުޒާހަރާ ހޫނުވެ ވެރިރަށް ޕެރިހުގައި ފުލުހުންނާއި އާއްމުންނާ ދެމެދު ކުރިމަތިލުންތައް ހިނގައިފި އެވެ.

މުޒާހަރާގައި ބައިވެރިވާ އެތައް ހާސް މީހުން އަލިފާން ރޯކޮށް، ފުލުހުންނާ ދިމާލަށް ބަޑިބޭސް ރޯކޮށް އުކި އެވެ. ރައްދުގައި ފުލުހުން ކަރުނަ ގޭސް ބޭނުންކުރި އެވެ.

މިއީ ވޯޓަކާ ނުލައި ރިޓަޔާ ކުރާ އުމުރު 62 އަހަރުން 64 އަހަރަށް މަތިކުރަން ރައީސް އިމޭނުއެލް މެކްރޯން ނިންމެވި ފަހުން ކުރަމުންދާ މުޒާހަރާގައި ހަމަނުޖެހުން ހިނގި ދެ ވަނަ ފަހަރެވެ.

މެކްރޯންގެ ސަރުކާރުގެ އިތުބާރު ނެތްކަމުގެ ދެ މައްސަލަ ވަނީ ޕާލަމެންޓަށް ވައްދައިފަ އެވެ. އެ މައްސަލަތަކުގެ ބަހުސް އޮންނާނީ ފެށޭ ހަފުތާގަ އެވެ.

ހުކުރު ދުވަހު މުޒާހަރާގެ ތެރެއިން ގިނަ ބަޔަކު ހައްޔަރު ކުރި އެވެ. ޕެރިހުގެ އިތުރުން ބޫޑުއާ ތުލޫން އަދި ސްޓްރަސްބޯގް ފަދަ ބޮޑެތި ސިޓީތަކުގައި ވެސް މުޒާހަރާ އޮތެވެ.

ސަރުކާރުން ބުނީ ރިޓަޔާ ކުރާ އުމުރުން މަތިކުރަނީ މަޖުބޫރުވެގެން ކަމަށާއި ޕެންޝަންގެ ސަބަބުން މުޅި ނިޒާމު ފެއިލްވުން ހުއްޓުވޭނީ އެ ފިޔަވަޅު އަޅައިގެން ކަމަށެވެ.

އެހެން ނަމަވެސް، ގިނަ މީހުން އެ ވިސްނުމާ ދެކޮޅެވެ. އެ މައްސަލައިގައި ސިޔާސީ ބަހުސްތައް ބާއްވައި އިހްތިޖާޖު ކުރާތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

އޭގެ ސަބަބުން ދަތުރުފަތުރާއި އާއްމު ހިދުމަތްތަކާއި ސްކޫލްތަކަށް އަސަރު ކުރަމުންދާ އިރު، ކުނި ނަގާ މީހުން އިހްތިޖާޖު ކުރުމުގެ ގޮތުން މަސައްކަތް ހުއްޓައިލުމުން ޕެރިހުގެ މަގުތައް ވަނީ ގޮނޑުވެފަ އެވެ.

އޭގެ އިތުރުން ތެޔޮ އުފުލުން މެދުކެނޑި ނޯމަންޑީ ސިޓީގެ ބޮޑު ތެޔޮ ކާރުހާނާއެއްގެ މަސައްކަތް މެދުކަނޑާލަން ވެސް ރާވާފައިވެ އެވެ.