Advertisement

ބީއެމްއެލް ތަފާތު، މާލެތެރެ ސާފުކޮށް ޒީނަތްތެރިކުރަން ނުކުމެއްޖެ

17 މާރިޗު 2023 - 09:06 1

ބީއެމްއެލްގެ މުވައްޒަފުން މިއަދު ހެނދުނު ދަތުރުވެރިންގެ މާރުކޭޓުގައި ކުލަ ލަނީ. -- ފޮޓޯ: އަދަދު


ބީއެމްއެލް ތަފާތު، މާލެތެރެ ސާފުކޮށް ޒީނަތްތެރިކުރަން ނުކުމެއްޖެ

17 މާރިޗު 2023 - 09:06 1

ރޯދަ ތައްޔާރީތަކުގެ ތެރޭގައި ރަށުތެރެ އާއި ދޯތިގެދޮރު ސާފުކޮށް ޒީނަތްތެރިކުރުމަކީ ދިވެހިންގެ އާދަކާދައާ ގުޅިފައި އޮތް ކަމެކެވެ. މި އަހަރުގެ ރޯދަ ފެށެން ހަފުތާއަކަށް ވެފައިވާއިރު، މި އާދަ ދިރިވުމުގެ ބޭނުމާއެކު ބޭންކު އޮފް މޯލްޑިވްސްގެ މުވައްޒަފުން މިއަދު ނުކުމެ މާލޭގެ ގިނަ ސަރަހައްދެއް ސާފުކުރުމުގެ ހަރަކާތެއް ވަނީ ފަށައިފަ އެވެ.

"ރޯދައަށް ސާފުކޮށް ޒީނަތްތެރިކުރުމަކީ ދިވެހިންގެ އާދައެއް. އަދި މި ހަރަކާތަކީ މުޖުތަމައަށް އުފާވެރިކަން ގެނެސްދިނުމަށް ކުރާ ކަމެއް،" ބީއެމްއެލްގެ މޭނޭޖަ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވި އެވެ.

މިއަދު ހެނދުނުން ފެށިގެން ބީއެމްއެލްގެ ދުއިސްތައެއްހާ މުވައްޒަފުން ނުކުމެ ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދާ ސަރަހައްދުތަކަކީ މަސް މާރުކޭޓުން ފެށިގެން އެމްޕީއެލްއާ ހިސާބަށް، ރަސްފަންނު، ޓީޖެޓީ، އިންޑަސްޓްރިއަލް ޒޯން، އުސްފަސްގަނޑު، ރާޅުގަނޑު، އާޓިފިޝަލް ބީޗް، ކާނިވާ، ބީއެމްއެލްއިން އެމްޓީސީސީ ފެރީ ޓާމިނަލްއާ ހަމައަށެވެ. އެއް ނަންބަރު ފާލަން ސަރަހައްދުގެ މޫދަށް އެޅިފައިވާ ކުނިތައް ވެސް ފީނައިގެން ނަގަ އެވެ. އަދި ދަތުރުވެރިންގެ މާރުކޭޓު ސަރަހައްދުގައި ކުލަލައި ޒީނަތްތެރިވެސް ކުރެ އެވެ.

އެއް ނަންބަރު ފާލަން ސަރަހައްދުގެ މޫދަށް އެޅިފައިވާ ކުނިތައް ޑައިވްކޮށްގެން ނެގި.


"ޖުމުލަ 12 ސަރަހައްދެއް އަޅުގަނޑުމެން ސާފުކުރަނީ. މުޅި މާލެ ވަށައިގެން ކަހަލަ ގޮތަކަށް އެބަ ކަވަރު ކުރެވޭ،" ސައީދު ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލްއާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތުގައި ނަގާ ވެމްކޯ މެދުވެރުކޮށް އުކާލާއިރު، ޕްލާސްޓިކް ކުނި ރިސައިކަލް ކުރުމަށްޓަކައި ފޮނުވަނީ ޕާލޭ މޯލްޑިވްސްއަށެވެ.