Advertisement

ޖޭޕީއާ ގުޅޭ ގޮތުން ރައީސް ސޯލިހު މަޖިލީހުގެ މެމްބަރުންނާ މަޝްވަރާ ކުރައްވައިފި

18 މާރިޗު 2023 - 08:26 1

ހުސެއިން ފިޔާޒް މޫސާ

ހުސެއިން ފިޔާޒް މޫސާ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ޖޭޕީއާ ގުޅޭ ގޮތުން ރައީސް ސޯލިހު މަޖިލީހުގެ މެމްބަރުންނާ މަޝްވަރާ ކުރައްވައިފި

18 މާރިޗު 2023 - 08:26 1

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މަހުޖަނު ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ (ޖޭޕީ)ން ވަކިން ވާދަކުރަން ނިންމާފައިވާތީ، މިހާރު ވެރިކަންކުރާ ކޯލިޝަންގައި އެ ޕާޓީއާއެކު ކުރިއަށްދާނެ ގޮތަކާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންނާ މަޝްވަރާ ކުރައްވައިފި އެވެ.

ބުދަ ދުވަހު ހަވީރު މުލިއާގޭގައި ބޭއްވި އެ ބައްދަލުވުމުގައި މަޖިލީހުގެ ގާތްގަނޑަކަޑަށް 50 މެމްބަރުންނާއި ބައެއް ވަޒީރުން ވަޑައިގަތެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމަށް ރައީސް ސޯލިހުގެ ސިޓީފުޅެއް ޖޭޕީއަށް ފޮނުއްވާފައި ވަނިކޮށް، އެ ޕާޓީ ވަކިން ވާދަ ކުރަން ނިންމުމާއި، ކުރިއަށް އޮތް ދުވަސްތަކުގައި އެ ޕާޓީއާއެކު ކުރިއަންދާނެ ގޮތަކާ ގުޅޭ މަޝްވަރާ ކުރެއްވުމުގެ އިތުރުން ރިޔާސީ އިންތިހާބުގެ ކެމްޕެއިން ކަންކަން ކުރިއަށް ގެންދާނެ ގޮތަކާމެދު ވެސް މަޝްވަރާ ކުރެއްވި ކަމަށް، އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން "އަދަދު" ނޫހަށް ވިދާޅުވި އެވެ.

ނަމަވެސް ތަފްސީލެއް ނުދެއްވަ އެވެ.

އެ ބައްދަލުވުމުގައި ޖޭޕީއާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ނަމަވެސް، ކަމެއް ވަކި ގޮތަށް ކުރިއަށް ގެންދާން ނުނިންމަ އެވެ. ނަމަވެސް، ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި އެ ޕާޓީގެ މެމްބަރުން ވަކިކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ދަނީ ބުނަމުންނެވެ.

ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖޭޕީގެ މެމްބަރުން އެ މަގާމުތަކުން ވަކި ނުކުރެވޭނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އަދި ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތަ ނުދިނުމަށް "ފިކުރެއްގެ ދިރުން" ހަރަކާތް ހިންގަވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް، ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް، ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އަދި ކޮންޓްރޯލާ ހަނަފީ އަކީ ޖޭޕީގެ މެމްބަރުންނެވެ. އެ ބޭފުޅުންގެ އިތުރުން ސްޓޭޓު މިނިސްޓަރުންނާއި އިސް އެހެން މަގާމުތަކުގައި ވެސް ޖޭޕީގެ މެމްބަރުން އެބަ ތިއްބެވި އެވެ.

ގާސިމަށް އިންތިހާބު ކާމިޔާބުވެވަޑައިގަންނަވާތަން ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ޖޭޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.

ރައީސް ސޯލިހާއެކު ކޯލިޝަން ހަދަން ނިންމާފައިވަނީ އަދާލަތު ޕާޓީ އާއި މަހުޖަނު އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމުގެ އެމްޑީއޭއިންނެވެ.