Advertisement

ރޯދައަށް ހާއްސަކޮށް އެސްޓީއޯއިން އިންޑަސްޓްރިއަލް ޒޯނުގައި ހޯލްސޭލް ކައުންޓަރެއް ހުޅުވައިފި

16 މާރިޗު 2023 - 20:36 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އެސްޓީއޯއިން މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހުޅުވި ހޯލްސޭލް ކައުންޓަރު - ފޮޓޯ: އެސްޓީއޯ


ރޯދައަށް ހާއްސަކޮށް އެސްޓީއޯއިން އިންޑަސްޓްރިއަލް ޒޯނުގައި ހޯލްސޭލް ކައުންޓަރެއް ހުޅުވައިފި

16 މާރިޗު 2023 - 20:36 0

ކުރިއަށް އޮތް ރޯދަމަހަށް ހާއްސަކޮށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހޯލްސޭލް ކައުންޓަރެއް ހުޅުވައިފި އެވެ.

އެސްޓީއޯއިން މިއަދު ބުނި ގޮތުގައި މި ހޯލްސޭލް ކައުންޓަރު ހުޅުވާފައިވަނީ މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހުންނަ ގްރޭޓާ މާލެ ބަސް ޓާމިނަލުގެ ހުޅަނގުގަ އެވެ. އެގޮތުން މިހާރުވެސް އެ ކައުންޓަރުން ހިދުމަތް ދެމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

"މިއީ ރޯދަމަހަށް އެސްޓީއޯގެ މުދާ އާންމުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އެޅި ފިޔަވަޅެއް،" އެސްޓީއޯއިން މީޑިއާތަކަށް ހިއްސާކުރި ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން އެސްޓީއޯއިން ބުނީ އެ ކައުންޓަރާއެކުއެ ކުންފުނީގެ މައި ހޯލްސޭލް ސެންޓަރުގެ އިތުރުން އިންޑަސްޓްރިއަލް ޒޯނުގައި ހުންނަ އެ ކުންފުނީގެ ގުދަނުން ވެސް ފައިސާ ބަލައިގަނެ، އިންވޮއިސް ހެދުމުގެ އިތުރުން މުދާ ދޫކުރާނެ ކަމަށެވެ.

ރޯދައަށް އެ ކުންފުނިން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން ހުޅުމާލޭގައި ހުޅުވާ ރޯދަ މާޓުން ވެސް އެ ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށް މިއަދު އެސްޓީއޯއިން ބުނެފައިވެ އެވެ.