Advertisement

އޭޑީކޭ އިން ޕެޓް ސްކޭންގެ ހިދުމަތް ރާއްޖެއަށް ތައާރަފު ކުރަނީ

16 މާރިޗު 2023 - 11:09 0

މުހައްމަދު ހަފީޒު

މުހައްމަދު ހަފީޒު

އޭޑީކޭއިން ބޭއްވި ހަފުލާއެއްގައި އަފްއާލް ވާހަކަ ދައްކަވަނީ: ވިދާޅުވީ ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ޕެޓް ސްކޭން ތައާރަފް ކުރެވޭނެ ކަމަށް -- ފޮޓޯ: މިރާޝް ނާޝީމް / އަދަދު


އޭޑީކޭ އިން ޕެޓް ސްކޭންގެ ހިދުމަތް ރާއްޖެއަށް ތައާރަފު ކުރަނީ

16 މާރިޗު 2023 - 11:09 0

އޭޑީކޭ އިން ޕެޓް ސީޓީ ސްކޭންގެ ހިދުމަތް ރާއްޖެ އަށް ތައާރަފު ކުރަން ތަޔާރުވަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވެެެޖެ އެވެ.

ޕެޓް ސްކޭނަކީ ބައެއް ބާވަތްތަކުގެ ކެންސަރާއި ހިތުގެ ބަލިތަކާއި ސިކުނޑީގެ މައްސަލަތަކަށް ދަނެގަތުމަށް ހަދާ ސްކޭނެކެވެ. މި ސްކޭން މިވަގުތު ރާއްޖެއަކު ނުހެދެ އެވެ.

އޭޑީކޭއިން ތައާރަފު ކުރި 3ޓީ އެމްއާރްއައި މެޝިން ތައާރަފް ކުރުމަށް އިއްޔެ ބޭއްވި ހަފުލާއެއްގައި ވާހަކަ ދައްކަވަމުން އަފްއާލް ވިދާޅުވީ ވަށާޖެހޭ ސިއްހީ ހިދުމަތެއް ތައާރަފު ކުރުމަށް އޭޑީކޭ އިން ކުރަމުންދާ މަސައްކަތުގެ ދަށުން، ކުރިއަށް އޮތް ދެ މަހެއް ދުވަހުގެ ތެރޭގައި ޕެޓް ސްކޭންގެ ހިދުމަތް ދޭން ފަށަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ހިދުމަތް ދިނުމަށްޓަކާ އަޅުގަނޑުމެންނަށް ވަރަށް ގިނަ ގޮންޖެހުންތައް އެބަހުރި. ސަބަބަކީ އާ ކަމެއް، އެކަށީގެންވާ ރެގިއުލޭޝަންސް ނެތް ކަމެއް، ނިއުކްލިއާ ބާވަތްތައް ބޭނުންކޮށްގެން މީހުންނަށް ފަރުވާ ދިނުމަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމެއް،" އަފްއާލް ވިދާޅުވި އެވެ.

މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ޕެޓް ސީޓީ އިންސްޓޯލްކޮށް ނިންމާފައިވާ ކަމަށް ވެސް އަފްއާލް ވިދާޅުވިއެވެ.

ކޮންމެ އަހަރަކު 1،000 އަށް ވުރެ ގިނަ ދިވެހިން ޕެޓް ސީޓީ ހަދަން ރާއްޖެއިން ބޭރަށް ދާއިރު އެ ހިދުމަތް އޭޑީކޭ އިން ފެށުމަކީ ލިބޭނެެ ފަސޭހައެއް ކަމަށް ވެސް އަފްއާލް ވިދާޅުވި އެވެ.