Advertisement

ގުރައިދޫ ބައި-އިލެކްޝަން؛ ކެނޑިޑޭޓުން ތަރުތީބުކޮށްފި

15 މާރިޗު 2023 - 21:16 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

މީގެ ކުރިން ކުރިއަށް ގެންދިޔަ އިންތިހާބެއްގައި ވޯޓުލަނީ؛ އީސީއިން ވަނީ ގުރައިދޫ ބައި-އިލެކްޝަނުގައި ވާދަކުރާ ކެނޑިޑޭޓުން ތަރުތީބުކުރުމަށް ފަހު އިއުލާނުކޮށްފައި -- ފޮޓޯ:އަދަދު


ގުރައިދޫ ބައި-އިލެކްޝަން؛ ކެނޑިޑޭޓުން ތަރުތީބުކޮށްފި

15 މާރިޗު 2023 - 21:16 0

އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރައްވާ ކެނޑިޑޭޓުން ތަރުތީބުކޮށްފި އެވެ.

މި ބައި އިލެކްޝަންގައި ވާދަކުރަނީ ތިން ކެންޑިޑޭޓުން ވާދަކުރައްވާއިރު، ކެންޑިޑޭޓު ނަންބަރު އެކަކަށް ހޮވުނީ ޕީޕީއެމްގެ ކެންޑިޑޭޓު ހުސައިން ރިޒާ އެވެ. ކެންޑިޑޭޓު ނަންބަރު ދޭކަކީ އެމްޑީޕީގެ އިބްރާހިމް ސާޒެވެ. ތިން ވަނަ ކެންޑިޑޭޓަކީ އެމްއެންޕީގެ އަލީ އާރިފެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ، މިދިޔަ މަހުގެ 23 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ. ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް މެލޭޝިއާގައި ބޭސްކުރައްވަމުން ގެންދަވަނިކޮށެވެ.

ގާނޫނުއަސާސީގެ 78 މާއްދާގައި ބުނެފައިވާ ގޮތުން މެމްބަރެއްގެ ގޮނޑި ހުސްވާ ތާރީހުން ފެށިގެން ދެ މަސް ދުވަހުގެ ތެރޭގައި އެ ދާއިރާއެއްގެ ބައި އިލެކްޝަން ބާއްވަންޖެހެ އެވެ. ގުރައިދޫ ދާއިރާގައި ހިމެނޭ ރަށްތަކަކީ، ގުރައިދޫގެ އިތުރުން މާފުއްޓާއި ގުޅި އެވެ.