Advertisement

ޖުމްހޫރީ ޕާޓީގެ ނިންމުމަށް އެމްޑީޕީ "ފިކުރެއްގެ ދިރުން" ފެކްޝަނުގެ މަރުހަބާ

14 މާރިޗު 2023 - 22:42 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއެކު-- ފޮޓޯ: ޖޭޕީ


ޖުމްހޫރީ ޕާޓީގެ ނިންމުމަށް އެމްޑީޕީ "ފިކުރެއްގެ ދިރުން" ފެކްޝަނުގެ މަރުހަބާ

14 މާރިޗު 2023 - 22:42 0

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު ކޯލިޝަން ހެދުމުގެ ބަދަލުގައި ޖުމްހޫރީ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމާ ގުޅިގެން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވި "ފިކުރެއްގެ ދިރުން" ފެކްޝަނުން މަރުހަބާ ކިޔައިފި އެވެ.

ގާސިމް އިންތިހާބުގައި ވާދަކުރުމަށް ނަޝީދު ބާރު އެޅުއްވި ކަމަށް އަޑު ފެތުރިފައިވަނިކޮށް، މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގުރޫޕުގައި ނަޝީދު ވަނީ ގާސިމަށް މަރުހަބާ ދަންނަވައިފަ އެވެ.

ހަމައެހެންމެ، ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ ޕީޖީ ބައްދަލުވުމުގައި މެދު ހެންވެއިރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ އެ ގޮފީގެ ފަރާތުން ރަސްމީކޮށް މަރުހަބާ ދަންނަވައި، ޖޭޕީގެ ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.

"އަޅުގަނޑުމެން ދެކޭ ގޮތުގައި މިއީ ވަރަށް ރަނގަޅު ނިންމުމެއްގެ ގޮތުގައި އަޅުގަނޑުމެން ހަމަ ޔަގީނުން ވެސް ބަލައިގަންނަން،" އާޒިމް ވިދާޅުވި އެވެ.

ނަޝީދު ވަނީ ރައީސް ސޯލިހުގެ ފަހަތަށް ގާސިމް ނާރުއްވާނެ ކަމަށް މީގެ ކުރިން ވެސް ވިދާޅުވެފަ އެވެ. އެކަމަކު, ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވަމުން ގެންދެވީ ރައީސްއާ އެކު ޖުމްހޫރީ ޕާޓީ އޮންނާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުރީގެ މެމްބަރުންނާއި މިހާރުގެ މެމްބަރުން ތިއްބަވާ ގްރޫޕަކަށް ކުރެއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ މިއީ ގާސިމަށް ރަނުގެ ފުރުސަތެއް ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވައި ބަލިވެވަޑައިގެންނެވި ނަޝީދު އަދިވެސް ތާއިދުކުރައްވާނެ ކެންޑިޑޭޓެއް ހާމަކުރައްވާފައި ނުވެ އެވެ. އެކަމަކު, ރައީސް ސޯލިހާ އެކު އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.