Advertisement

ފުލުހުންގެ ބެކްގްރައުންޑު ޗެކު އިހުތިޔާރީކުރުމާ ގުޅޭ ބިލު ބަލައިގެންފި

14 މާރިޗު 2023 - 13:49 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލު މަޖިލީހަށް ވަނީ ބަލައިގެންފައި-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ފުލުހުންގެ ބެކްގްރައުންޑު ޗެކު އިހުތިޔާރީކުރުމާ ގުޅޭ ބިލު ބަލައިގެންފި

14 މާރިޗު 2023 - 13:49 0

ފުލުހުންގެ ހިދުމަތަށް މީހުން ނެގުމުގެ ކުރިން ހަދަން ޖެހޭ ބެކްގްރައުންޑު ޗެކު އިހުތިޔާރީ ކަމަކަށް ހެދުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލު ބަލައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ބެކްގްރައުންޑު ޗެކް ކުރުމަކީ އިހުތިޔާރީ ކަމަކަށް ހެދުމަށް ހިމަނައިފައިވެ އެވެ.

މަޖިލީހަށް މި ބިލު ބަަލައިގަތުމާމެދު މިއަދު ނެގި ވޯޓުގައި 34 މެންބަރުން ވަނީ ފެންނަ ކަމަށް ވޯޓު ދެއްވައިފަ އެވެ. ދެކޮޅަށް 11 މެންބަރަކު ވޯޓު ދެއްވި އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ މެންބަރުން ހިމެނެ އެވެ.

މި ބިލުގެ އިބްތިދާއީ މަރުހަލާގައި ބިލަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވެ އެވެ. ފުލުހުންގެ ހިދުމަތުގެ ގާނޫނު އެކުލަވާލި 241 ކޮމިޓީގައި އިންނަވާ ހެންވެއިރު ހުޅަނގު ދާއިރާ ހަސަން ލަތީފް ވިދާޅުވީ ގާނޫނަށް ގެންނަން ޖެހޭ އެއްވެސް ބަދަލެއް ނުފެންނަ ކަމަށެވެ.

ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ހަރަދު ވެސް ކުރަން ޖެހޭނެ ކަން ފާހަގަކުރައްވައި ހަސަން ލަތީފް ވިދާޅުވީ އެ މުއައްސަސާއަށް ވައްދަން ޖެހޭނީ އިންޓަވިއުކޮށްފައި ރަނގަޅު، އިތުބާރު ހިފޭ މީހުން ކަމަށެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މީއީ ފުލުހުންގެ ގާނޫނުން އަޅުގަނޑުމެން ހާސިލުކުރަން ބޭނުންވާ މަގްސަދުތައް، ބޭނުންވި މަގްސަދުތައް، އަދި މިހާރު ވެސް ބޭނުންވާ މަގުސަދުތައް ހާސިލުވާ ގޮތަށް ހުރި އިސްލާހުތަކެއް ކަމަށް،" ހަސަން ލަތީފް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ ގިނަ މެންބަރުންގެ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ސީޕީ ހަމީދު "އަދަދު" އަށް ވިދާޅުވީ ގާނޫނުގައި މިހާރު އޮންނަ ގޮތުން ފުލުހުންގެ މުވައްސަސާއަށް ވައްދާ އެންމެހާ މުވައްޒަފުން، ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް ބެކްގްރައުންޑު ހަދަން ޖެހޭ ކަމަށެވެ.

މިގޮތުން މަސައްކަތަށް މީހަކު ވެއްދިޔަސް، ގާނޫނުގައި ބަޔާން ކުރާ "ޕޮލިގްރާފް" ޓެސްޓު ހަދަން ޖެހޭއިރު އެ ކަމުގައި ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"ޕޮލިގްރާފް ޓެސްޓު ހެދުމަކީ ފުރަތަމަ ކަމަކަށް، އެއަށް ބޭނުންވާ ވަސީލަތާއި އެ މެޝިނަރީ އާއި އެއަށް ހޭދަވާ ވަގުތާ މި ކަންކަމާ ގުޅިގެން ވަރަށް ގޮންޖެހުންތަކެއް ހުންނަ ކަމެއް، ޕޮލިގްރާފަކީ މިހާރު ދުނިޔޭގައި އެހައި ރިލަޔަބަލް އެއްޗެއް ވެސް ނޫން،" ސީޕީ ހަމީދު ވިދާޅުވި އެވެ.