11 މާރިޗު 2023 - 06:20 2
އައިޝަތު ނުޒުހާ
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު؛ ވިދާޅުވީ ފުލުހުންގެ ބެކްގްރައުންޑު ޗެކް ކުރުމުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވާ ކަމަށް-- ފޮޓޯ: އަދަދު ފައިލް
11 މާރިޗު 2023 - 06:20 2
ފުލުހުންގެ ހިދުމަތަށް މީހުން ނެގުމުގެ ކުރިން ހަދަން ޖެހޭ ބެކްގްރައުންޑު ޗެކު އިހުތިޔާރީ ކަމަކަށް ހެދުމަށް ހުށަހެޅީ އެކަމުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭތީ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ބެކްގްރައުންޑު ޗެކް ކުރުމަކީ އިހުތިޔާރީ ކަމަކަށް ހެދުމަށް ހިމަނައިފައިވެ އެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ ގިނަ މެންބަރުންގެ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ސީޕީ ހަމީދު "އަދަދު" އަށް ވިދާޅުވީ ގާނޫނުގައި މިހާރު އޮންނަ ގޮތުން ފުލުހުންގެ މުވައްސަސާއަށް ވައްދާ އެންމެހާ މުވައްޒަފުން، ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް ބެކްގްރައުންޑު ހަދަން ޖެހޭ ކަމަށެވެ.
މިގޮތުން މަސައްކަތަށް މީހަކު ވެއްދިޔަސް، ގާނޫނުގައި ބަޔާން ކުރާ "ޕޮލިގްރާފް" ޓެސްޓު ހަދަން ޖެހޭއިރު އެ ކަމުގައި ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"ޕޮލިގްރާފް ޓެސްޓު ހެދުމަކީ ފުރަތަމަ ކަމަކަށް، އެއަށް ބޭނުންވާ ވަސީލަތްތާއި އެ މެޝިނަރީ އާއި އެއަށް ހޭދަވާ ވަގުތާ މި ކަންކަމާ ގުޅިގެން ވަރަށް ގޮންޖެހުންތަކެއް ހުންނަ ކަމެއް، ޕޮލިގްރާފަކީ މިހާރު ދުނިޔޭގައި އެހައި ރިލަޔަބަލް އެއްޗެއް ވެސް ނޫން،" ސީޕީ ހަމީދު ވިދާޅުވި އެވެ.
ފުލުހުންގެ ބެކްގްރައުންޑު ޗެކު ހެދުން މާނަކުރުމުގައި ދެބަސްވުން
ފުލުހުންގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ފުލުހުންގެ ހިދުމަތުގެ އެއްވެސް ވަޒީފާއަކަށް އެއްވެސް މުވައްޒަފަކު ކަނޑައެޅުމުގެ ކުރިން، ގަވައިދެއްގެ ދަށުން ބެކްގްރައުންޑް ޗެކްކުރަން ވާނެ ކަމަށް ބަޔާން ކޮށްފައިވެ އެވެ. އަލަށް ހުށަހެޅި އިސްލާހުގައި ވަނީ އެކަމަށް ލުއި ދީފައި
ފުލުހުންގެ ބެކްގްރައުންޑު ޗެކު ހެދުން މާނަކުރުމުގައި ދެބަސްވުން
ފުލުހުންގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ފުލުހުންގެ ހިދުމަތުގެ އެއްވެސް ވަޒީފާއަކަށް އެއްވެސް މުވައްޒަފަކު ކަނޑައެޅުމުގެ ކުރިން، ގަވައިދެއްގެ ދަށުން ބެކްގްރައުންޑް ޗެކްކުރަން ވާނެ ކަމަށް ބަޔާން ކޮށްފައިވެ އެވެ. އަލަށް ހުށަހެޅި އިސްލާހުގައި ވަނީ އެކަމަށް ލުއި ދީފައި
ޕޮލިގްރާފް ޓެސްޓު ހެދުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ ޕޮލިގްރާފް މެޝިން ހަލާކުވެއްޖެ ހާލަތްތަކާއި މެޝިން އޮޕަރޭޓު ކުރާނެ ފަރާތްތައް ތަމްރީނު ކުރުމުގައި ވެސް ދަތިތައް ކުރިމަތިވާ ކަމަށެވެ. އެގޮތުން ރަށްރަށުގައި ޓްރޭނިންނަށް ފޮނުވަން މިޖެހެނީ ރަށްރަށުގައި މަސައްކަތް ކުރަން ތިބި ފުލުހުންނާއި އިދާރީ މުވައްޒަފުން ނެގުމަށް ފަހު ކަމަށް ވިދާޅުވި އެވެ.
"މިދޔަ ފެބްރުއަރީ މަހުގައި ފަށަން އޮތް ތަމްރީނު ޕްރޮގްރާމެއް ވެސް ނުފެށިގެން މި އުޅެނީ، ޕޮލިގްރާފު ހެދުމާއި ޕޮލިގްރާފް މެޝިންގެ ކަންތައްތަކާއި، އެ މެޝިން އޮޕަރޭޓުކުރުމާއި މެޝިން އޮޕަރޭޓުކޮށްގެން އެ ހޭދަވާ ވަގުތާ މި ހުރިހާ ލޮޖިސްޓިކް، އިދާރީ ކަންތައްތަކާ ހުރެ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެގެން މި އުޅެނީ،" ހަމީދު ވިދާޅުވި އެވެ.
ފުލުހުން ބޭނުން ވަނީ ގާނޫނުގައި ޕޮލިގްރާފް ހެދުން ވަކިވަކި ކަންތައްތަކަކަށް ލާޒިމުކޮށްފަ އޮތީމަ އެކަންކަން ލާޒިމުކުރުމަށް އޮތް އޮތުން، ބައެއް ކަންކަމަކީ އިހުތިޔާރެއް ކަމަށް ދޫކޮށްލުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ބިލުގެ އިބްތިދާއީ ބަހުސްގައި މި ބަދަލު ގެންނަނީ ރިޔާސީ އިންތިހާބާ ގުޅިގެން ފުލުހުން ވެއްދުމަށް ކަމަށް ބުނެ ބައެއް މެންބަރުން ކުރެއްވި ތުހުމަތުތައް ސީޕީ ވަނީ ދޮގުކުރައްވައިފަ އެވެ.
ސީޕީ އިތުރަށް ވިދާޅުވީ ގާނޫނު ވުޖޫދުވުމުގެ ކުރިން ވެސް ފުލުހުންނަކީ މީގެ ކުރިން ވެސް ރަނގަޅު ފެންވަރަކަށް ވަޒީފާތަކަށް މީހުން ނަގަމުން އައި މުވައްސަސާއެއް ކަމަށެވެ.
"ހާއްސަކޮށް ފުލުހުންގެ ޔުނިފޯމް އަޅާ ވަޒީފާތަކަށް ރަނގަޅަށް ވެޓްކުރޭ. ސިފައިންގެއަށް ވައްދާ ފަރާތްތަކުގެ ވެސް ބެކްރައުންޑް ޗެކްކުރަނީ ދިވެހި ފުލިހުންގެ ހިދުމަތުން. ފުލުހުންގެ ހިދުމަތަކުން ނޫޅޭ ބެކްރައުންޑް ޗެކްކުރުން ހުއްޓާލާކަށް،" ހަމީދު ވިދާާޅުވި އެވެ.
0.00%
33.33%
0.00%
66.67%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ހުސޭން
about 2 years ago
މައްސަލައަކީ، އަކަ ކިލޯމީޓަރެއްހާ ކުޑަ ތަންކޮޅެއްގެ ތެރޭގައި މިހިނގާ ބޮޑެތި ކްރައިމްތައް ނުހުއްޓުވި، ކުށްކުރާމީހުން ނުހޯދި ބޭނުން ގޮތަކަށް ގޭންގް ހަދައިގެން އުޅެން މީހުންތައް ދޫކޮށް ލެވިފައި ތިބޭކަން. ފުލުހުންގެ މުއައްސަސާ އަށް ކިތަންމެ ގިނައަަދަދަކަށް މީހުން ވެއްދިއަސް މިއިން އެއްވެސް ކަމެއް ހައްލު ނުކުރެވި ދާކަން.
ސްމޭޝް
about 2 years ago
އެމްސީ ތިހެން ބުންޏަސް މަޖުލީހަށް ހުށަހަޅާފައި އޮތް އިސްލާހުން ތި މާނައެއް ދޭހައެއް ނުވޭ! ފުލުހުންނަށް ތިކަން ކުރާން ދަތިވާ ބައިގެ ކަންކަމަށް އަމަލު ކުރުން ލަސްކުރަން ހުށަނޭޅި ކީއްވެ ބާ؟ ޕޮލިގްރާފުގެ ކަންކަން އެކަންި އޮޕްޝަނަލް ކުރުމަށް ނުހުށަހެޅީ ކީއްވެ ބާ؟
Comment