Advertisement

ކުޑަކުދިންނަށްދޭ ފައިޒާ ވެކްސިން: ރާއްޖެއިން ފިނި ތަރުހީބެއް

14 މާރިޗު 2023 - 10:24 0

ނިމާ ހަސަން

ނިމާ ހަސަން

ފައިޒާ ވެކްސިން؛ ރާއްޖެއިން ޕީޑިއެޓްރިކް ފައިޒާ ވެކްސިނަށް އޮތީ ދަށް ތަރުހީބެއް


ކުޑަކުދިންނަށްދޭ ފައިޒާ ވެކްސިން: ރާއްޖެއިން ފިނި ތަރުހީބެއް

14 މާރިޗު 2023 - 10:24 0

ކުޑަކުދިން ގަޔަށް ޖަހާ ޕީޑިއެޓްރިކް ފައިޒާ ވެކްސިނަށް ރާއްޖެއިން ލިބެމުންދާ ތަރުހީބު ކުޑަކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކޮވިޑުން ރައްކާތެރިވުމަށް އުމުރުން ފަސް އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ޖަހަން ހުޅުވާލީ މީގެ އެއް މަސް ކުރިން ފެބްރުއަރީ 14 ގައެވެ. މާލެ ސަރަހައްދުގެ ތިން ވެކްސިން ސެންޓަރަކުން ވެކްސިން ޖަހަން ހުޅުވާލި ނަމަވެސް އެ ވެކްސިން ޖެހީ މަދު ކުދިންނަކަށް ކަން ފާހަގަކޮށްލެވެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަދާ ހަމައަށް ޕީޑިއެޓްރިކް ވެކްސިން ޖަހާފައި ވަނީ އެ ވެކްސިން ޖެހޭ އާބާދީގެ އެންމެ 0.09 ޕަސަންޓު ކުދިންނަށެވެ.

މާލެ ސަރަހައްދުގައި މި ވެކްސިން ޖަހާ ސެންޓަރުތައް:

  • އައިޖީއެމްއެޗް: އާދިއްތަ ދުވަހު 9:00 އިން 12:00 އަށް
  • ހުޅުމާލެ ހޮސްޕިޓަލް: އާދިއްތަ، އަންގާރަ، ބުރާސްފަތި ދުވަހު 13:00 އިން 14:00 އަށް
  • ދަމަނަވެށި: ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 13:30 އިން 15:00 އަށް

މީގެ އިތުރުން ވެސް އަތޮޅުތެރޭގެ ވެކްސިން ސެންޓަރުތަކުން ވެސް މި ވެކްސިން ޖެހެން ހުންނާނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ފަސް އަހަރާއި 11 އަހަރާ ދެމެދުގެ ކުދިން ގަޔަށް ފައިޒާ ވެކްސިން ޖަހަން ހުޅުވާލާފައިވާއިރު، އުމުރުން 12 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން ގަޔަށް ވެސް ދަނީ ފައިޒާ ވެކްސިން ޖަހަމުންނެވެ.

އެ އުމުރުފުރައިގެ ވެކްސިން ޖެހޭ އާބާދީގެ 88 ޕަސަންޓު ކުދިން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފަ އެވެ. އަދި 85 ޕަސަންޓު ދެވަނަ ޑޯޒް ފުރިހަމަ ކުރިއިރު، 37 ޕަސަންޓު ކުދިން ވަނީ ފުރަތަމަ ބޫސްޓާ ޑޯޒް ޖަހާފަ އެވެ.