Advertisement

ޗައިނާ އާއި އެމެރިކާ ގުޅިގެން މަސައްކަތް ކުރަން ޖެހޭ: ލީ ޗިއާންގް

14 މާރިޗު 2023 - 07:51 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޗައިނާގެ އާ ޕްރިމިއާ ލީ ޗިއާންގް. -- ފޮޓޯ: ރޮއިޓާޒް


ޗައިނާ އާއި އެމެރިކާ ގުޅިގެން މަސައްކަތް ކުރަން ޖެހޭ: ލީ ޗިއާންގް

14 މާރިޗު 2023 - 07:51 0

ޗައިނާ އާއި އެމެރިކާ ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި އޭރުން ދެ ގައުމަށް ލިބޭ ފައިދާ ބޮޑުވާނެ ކަމަށް ޗައިނާގެ އާ ޕްރިމިއާ ލީ ޗިއާންގް ވިދާޅުވެއްޖެ އެވެ.

މަގާމާ ހަވާލުވެ ދެއްވި ފުރަތަމަ ބަޔާނުގައި ލީ ޗިއާންގް ވިދާޅުވީ މި އަހަރު ޗައިނާގެ އިގުތިސާދަށް ކަނޑައެޅި ފަސް ޕަސެންޓުގެ ލަނޑުދަނޑި ހާސިލްކުރަން ފަސޭހަ ނުވާނެ ކަމަށެވެ.

އެހެން ނަމަވެސް "އިގްތިސާދު ހަމައަކަށް އެޅު، އަލުން ދުވަން ފަށާފައިވާ" ކަމަށް އޭނާ ވިދާޅުވި އެވެ. ޗައިނާގެ އިގްތިސާދު މަޑުޖެހުނީ ކޮވިޑް ބަލިމަޑުކަމާ ހެދި އެވެ.

"ޗައިނާ އާއި އެމެރިކާ ގުޅިގެން މަސައްކަތް ކުރަން ޖެހޭ. ޗައިނާ އާއި އެމެރިކާ ގުޅިގެން މަސައްކަތް ކުރުމުން ގިނަ ކަންކަން ހާސިލްކުރެވޭނެ. ވަށާލައި ހިފަހައްޓައިގެން އެއްވެސް ބަޔަކަށް ފައިދާއެއް ނުވާނެ،" ލީ ޗިއާންގް ވިދާޅުވި އެވެ.

މިދިޔަ ހަފުތާގައި ރަސްމީކޮށް ޕްރިމިއާގެ މަގާމަށް ވަޑައިގެންނެވި ލީ ޗިއާންގްގެ މައިގަނޑު ޒިންމާއަކީ ޗައިނާގެ އިގުތިސާދު މެނޭޖު ކުރުމެވެ.

ލީ ޗިއާންގްއަކީ ޗައިނާގެ އެންމެ ބޮޑު ސިޓީ ޝަންހާއީގެ ކޮމިއުނިސްޓް ޕާޓީ ލީޑަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ޗައިނާގެ ޕާލަމެންޓް ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ 2،900 އަށް ވުރެ ގިނަ ޑެލެގޭޓުންގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ ޑެލެގޭޓުންގެ ވޯޓު އުމުރުން 63 އަހަރުގެ ލީ ޗިއާންގްއަަށް ލިބިވަޑައިގެންނެވި އެވެ.

ލީ ޗިއާންގްއަކީ ރައީސް ޝީ ޖިންޕިންގެ ގާތް ބޭފުޅެކެވެ. ރިޕޯޓުތައް ބުނާ ގޮތުން 2،936 ޑެލެގޭޓުންގެ ވޯޓު ލީ ޗިއާންގްއަަށް ލިބިވަޑައިގެންނެވި އިރު، ދެކޮޅަށް ވޯޓު ދެއްވީ އެންމެ ތިން ޑެލެގޭޓުންނެވެ. އަށް ޑެލެގޭޓުން ވޯޓުގައި ބައިވެރިނުވެ އެވެ.