Advertisement

ޑައިވް ކުރަން ފޭބި ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ

13 މާރިޗު 2023 - 12:13 1

އައިޝަތު އަހުމަދު

އައިޝަތު އަހުމަދު

އއ.ރަސްދޫ


ޑައިވް ކުރަން ފޭބި ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ

13 މާރިޗު 2023 - 12:13 1

ޑައިވް ކުރަން ފޭބި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ އއ. ރަސްދޫ މަޑިވަރު ޑައިވިން ޕޮއިންޓަށް ޑައިވިނަށް ފޭބި ފަތުރުވެރިއަކު ހާލު ސީރިއަސްވެގެން ރަސްދޫގައި ހުންނަ އއ. އަތޮޅު ހޮސްޕިޓަލަށް މިއަދު ހެނދުނު 9:12 ހާއިރު ގެނގޮސްފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާދު ދީފައިވެ އެވެ.

މަރުވެފައިވަނީ އުމުރުން 46 އަހަރުގެ ބްރިޓިޝް ފިރިހެނެކެވެ.

ފުލުހުން ބުނީ އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަަމަށެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ވެސް މޫދަށް އެރި އުޅެނިކޮށް ޓޫރިސްޓަކު ގެނބިގެން މަރުވި އެވެ.

މިމަހުގެ ފަސް ވަނަ ދުވަހު ޖަރުމަނު ވިލާތަށް ނިސްބަތްވާ އުމުރުން 62 އަހަރުގެ ފިރިހެނެއް މަރުވީ އއ. ކުރަމަތި އައިލަންޑް ރިސޯޓުގައި މޫދަށް އެރި އުޅެނިކޮށެވެ.

ރާއްޖެއަށް ޓޫރިސްޓުން އަންނަ މައިގަނޑު ސަބަބަކީ ރާއްޖޭގެ ކަނޑުފަޅުގެ ރީތިކަން ކަމަށް ވާއިރު، ޓޫރިސްޓުން ގެނބިގެން މަރުވުމުގެ ހާދިސާތައް ކޮންމެ އަހަރަކުވެސް ކޮންމެވެސް ވަރަކަށް ހިނގަ އެވެ.