Advertisement

އަޒަރްބައިޖާނުން އިރާނުގެ ސަފީރު ހާޒިރުކޮށްފި

12 މާރިޗު 2023 - 05:43 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ހަނގުރާމަ މަތީ ޖެޓުތަކެއް.


އަޒަރްބައިޖާނުން އިރާނުގެ ސަފީރު ހާޒިރުކޮށްފި

12 މާރިޗު 2023 - 05:43 0

އިރާނުގެ ހަނގުރާމަ މަތީ ޖެޓަކުން އަޒަރްބައިޖާނުގެ ބޯޑަރު ހުރަސް ކުރި ކަމަށް ބުނެ އިރާނުގެ ސަފީރު އަޒަރްބައިޖާނުގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފި އެވެ.

އަޒަރްބައިޖާނުގެ ފޮރިން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ސަފީރު ހާޒިރު ކުރީ ގަވާއިދާ ހިލާފަށް އިރާނުގެ ހަނގުރާމަ މަތީ ޖެޓަކުން އެ ގައުމުގެ ވައިގެ ސަރަހައްދަށް ވަނުމުން ކަމަށެވެ.

ބަޔާނުގައި ބުނީ އިރާނުގެ ހަނގުރާމަ މަތީ ޖެޓު އަޒަރްބައިޖާނުގެ ވައިގެ ސަރަހައްދުގައި 30 މިނެޓަށް ވުރެ ގިނަ ވަގުތު އުޅުނު ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އަަޒަރްބައިޖާނުން ސިފަކުރީ އެއީ "އެކުވެރިކަމުގެ ރޫހާ ހިލާފަށް، މައްސަލަ ހޫނުކުރުމުގެ" އަމަލެއްގެ ގޮތުގަ އެވެ. އިރާނުން މިހާތަނަށް އެކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ނުބުނެ އެވެ.

"އިރާނުގެ މި އަމަލު ކުށްވެރިކޮށް، އެކަން ހިނގައިދިޔަ ގޮތް އަޅުގަނޑުމެންނަށް ކިޔައިދިނުމަށް ގޮވާލަން. އަދި ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް ތަަކުރާރު ނުކުރުމަށް އިންޒާރު ދެން،" ބަޔާނުގައި ބުންޏެވެ.