Advertisement

ފިރިހެނުންނަށްވުރެ މަތީ ތައުލީމު އުނގެނޭ އަންހެނުން މާ ގިނަ

9 މާރިޗު 2023 - 17:40 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ގިނަ ދާއިރާތަކުން އަންހެނުން ތައުލީމް ހާސިލުކޮށް ދަސްވެނިވާ މިންވަރު ބޮޑުތަނުން އިތުރުކަމަށް ތަފާސްހިސާބުތަކުން ދައްކާ -- ފޮޓޯ:އަދަދު


ފިރިހެނުންނަށްވުރެ މަތީ ތައުލީމު އުނގެނޭ އަންހެނުން މާ ގިނަ

9 މާރިޗު 2023 - 17:40 0

ރާއްޖޭގެ އާބާދީގެ ނިސްބަތުން މަތީ ތައުލީމު ހާސިލުކުރާ އަންހެނުން އިތުރުކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އިއްޔެ ފާހަގަކުރި ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން މޯލްޑިވްސް ބިއުރޯ އޮފް ނެޝަނަލް ސްޓެޓިސްޓިކުން އާންމުކުރި 2021 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އާންމުކޮށް ގިނަ ދާއިރާތަކުން އަންހެނުން މަތީ ތައުލީމު ހާސިލުކުރާ މިންވަރު އިތުރެވެ.

ރާއްޖޭގައި އެންމެ ގިނަ ބަޔަކު ކިޔަވާ ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް ލޯގެ އެކި ދާއިރާތަކުން ވެސް އަންހެނުން މަތީ ތައުލީމު ހާސިލްކުރާ މިންވަރު ފިރިހެނުންނާ އަޅާ ބަލާއިރު މާ ގިނަ އެވެ.

މީގެ ތެރެއިންވެސް އެންމެ މަދު ބަޔަކު މަތީ ތައުލީމު ހާސިލްކުރާ ދާއިރާއަކީ ސޯޝަލް ސައިންސް، ނޫސްވެރިކަން އަދި މައުލޫމާތާ ގުޅުންހުރި ދާއިރާތަކެވެ. އެ ދާއިރާތަކުން ތައުލީމް ހާސިލްކުރާ މީހުންގެ ޖުމްލަ 500 ވެސް ހަމަވެފައި ނުވާއިރު، އެ ދާއިރާތަކުން ވެސް އެންމެ ގިނައިން ކިޔަވަނީ އަންހެނުންނެވެ.

2021 ވަނަ އަހަރު ރާއްޖޭގެ އިންސްޓިޓިއުޝަންތަކުން އެކި ރޮނގުތަކުން މަތީ ތައުލީމު ހާސިލްކޮށް ދަސްވެނިވި އާބާދީގެ ތަފާސްހިސާބު


އުފެއްދުންތެރިކަން އަދި ޓެކްނޮލޮޖީގެ ދާއިރާއިން ތައުލީމް ހާސިލްކުރާ އަންހެނުންގެ ނިސްބަތް ވެސް ފިރިހެނުންނާ އަޅާ ބަލާއިރު އިތުރެވެ. އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޯލޮޖީ ދާއިރާއިން 383 ފިރިހެނަކު 2021 ވަނަ އަހަރު މަތީ ތައުލީމު ހާސިލުކޮށްފައިވާއިރު، މި ރޮނގުން މަތީ ތައުލީމު ހާސިލްކުރި އަންހެނުންގެ އަދަދަކީ 944 އެވެ. އަދި އިންޖީނިއަރިން ކޮންސްޓްރަކްޝަން އަދި މެނިފެކްޗަރިންއިން 108 ފިރިހެނަކު އެ އަހަރުގެ ތެރޭގައި މަތީ ތައުލީމު ހާސިލްކުރި އިރު މި ރޮނގުން މަތީ ތައުލީމު ހާސިލްކުރި އަންހެނުންގެ އަދަދަކީ 390 އެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ފިރިހެނުންނެވެ. އާބާދީގެ 64 އިންސައްތައަކީ ފިރިހެނުންކަމަށް ވާއިރު، 36 އިންސައްތައަކީ އަންހެނުންނެވެ.