Advertisement

ނުކުޅެދުންތެރިކަން ހުރި މުވައްޒަފަކަށް އިލޯން މަސްކް ފުރައްސާރަކޮށްފި

9 މާރިޗު 2023 - 11:57 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު

ހަރާލްޑޫ ތޯލީފްސަން އަދި އިލޯން މަސްކް


ނުކުޅެދުންތެރިކަން ހުރި މުވައްޒަފަކަށް އިލޯން މަސްކް ފުރައްސާރަކޮށްފި

9 މާރިޗު 2023 - 11:57 0

ޓްވިޓާގައި މަސައްކަތްކުރަމުން ދިޔަ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފަކާއި އެ ކުންފުނީގެ ސީއީއޯ އިލޯން މަސްކާ ދެމެދު ބަހުގެ އަރާރުންވުމެއް ހިނގާ ފުރައްސާރަކޮށްފި އެވެ.

މައްސަލަ ފެށިފައިވަނީ ހަރާލްޑޫ ތޯލީފްސަން ނަމަކަށް ކިޔާ މުވައްޒަފު، އޭނާގެ ވަޒީފާއާ މެދު އިލޯން މަސްކް އާ ސުވާލުކޮށް ކުރި ޓްވީޓަކުންނެވެ.

އެގޮތުން އޭނާ ވަޒީފާއިން ވަކިކުރި ކަމެއް ނުވަތަ ވަޒީފާގައި ދެމިހުރިކަން ކަށަވަރުނުވާކަމަށް އޭނާ ބުނެފައިވެ އެވެ. އަދި ޓްވިޓާގެ އެޗްއާރު ހެޑަށް ވެސް މިކަމަށް ޖަވާބެއް ނުދެވޭ ކަމަށާއި، މަސްކް އަށް ކުރި އީމެއިލްތަކަށް ޖަވާބު ނުދޭ ކަމަށް އޭނާ ބުނެފައިވެ އެވެ.

މީގެ އިތުރުން އޭނާ ވަނީ ގިނަ ބަޔަކު އޭނާގެ ޓްވީޓް ރިޓްވީޓްކޮށްފި ނަމަ އޭގެ ޖަވާބު މަސްކް ދޭނެތޯ ސުވާލު އުފައްދާފަ އެވެ.

ތޯލީފްސަންގެ ޓްވީޓް


ޖަވާބުގައި މަސްކް ވަނީ ތޯލީފްސަން ކުރާ މަސައްކަތަކީ ކޮބައިތޯ އަހައިފަ އެވެ. އޭގެ ޖަވާބުގައި ތޯލީފްސަން ވަނީ އޭނާ އަކީ އެ ކުންފުންޏަށް ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތްކޮށްދިން މީހެއް ކަމަށާއި މީގެ އިތުރުން ވެސް އޭނަ ކުރާ ގިނަ މަސައްކަތްތަކެއް ހިއްސާކޮށްފަ އެވެ.

ނަމަވެސް މަސްކް ވަނީ މިއީ ގަބޫލޫނުކުރެވޭ ފަދަ ވާހަކަތަކެއްގެ ގޮތުގައި ސިފަކޮށް އިތުރު ސުވާލުތައް އުފައްދާފަ އެވެ. މީގެ އިތުރުން މިކަމާއި ގުޅޭގޮތުން އެހެން ފަރާތެއް ކުރި ޓްވީޓަކަށް ރިޕްލައި ދެމުން މަސްކް ބުނެފައިވަނީ ތޯލީފްސަން އަކީ އެއްވެސް މަސައްކަތެއް ކުރާ މީހެއް ނޫން ކަމަށެވެ. އަދި ނުކުޅެދުންތެރިކަމަކީ ބަހަނާއެއްގެ ގޮތުގައި ތޯލީފްސަން ބޭނުންކުރާ ކަމަށް ސިފަވާ ގޮތަށް ވެސް މަސްކް ވަނީ ވާހަކަ ދައްކާފަ އެވެ.

އޭގެ އިރުކޮޅެއް ފަހުން ތޯލީފްސަން ވަޒީފާއިން ވަކިކުރިކަމަށް ޓްވިޓާއިން އެންގި ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި މަސްކް ވަނީ ތޯލީފްސަން އަކީ "ދަ ވޯސްޓް" ކަމަށް ބުނެ ޓްވީޓެއްކޮށްފަ އެވެ.

ނަމަވެސް މިހުރިހާ ކަމަކަށް ފަހު މަސްކްވަނީ އެކޯޅުމަކީ "މިސްއަންޑަސްޓޭންޑިން" އެއްގެ ގޮތުގައި ސިފަކުރައްވާ ތޯލީފްސަން ފަރާތުން މާފަށް އެދިފަ އެވެ. އަދި ތޯލީފްސަންއަށް އޭނާގެ ވަޒީފާ އަލުން ހުށަހަޅާފަ އެވެ. މަސްކް ބުނެފައިވަނީ ޓްވީޓްތައް ކުރީ އޭނާއަށް އަޑު އިވުނު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށްކަމަށެވެ.

އަދި ތޯލީފްސަން ގުޅާ ހުރިހާ ކަމެއް ސާފުކުރިކަމަށާއި، "ޓްވީޓް ކުރުމަށް ވުރެ މީހުންނާ ވާހަކަދެއްކުން މާ ރަނގަޅު" ކަމަށް މަސްކް ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.

މީގެ ކުރިންވެސް މަސްކް ވަނީ ޓްވިޓާގެ ބައެއް މުވަޒަފުންނާ ޓްވީޓް މެދުވެރިކޮށް އަރާރުންވެފަ އެވެ. އެގޮތުން ވަޒީފާއިން ވަކިކުރި ބައެއް މީހުންގެ ޝަކުވާތައް ޓްވީޓްކުރުމުން އެމީހުންނަށް ޖޯކު ޖެހުމުގެ ގޮތުން، އެމީހުންނަކީ ބައެއް ސީރިއަސް ބަލިތައް ހުންނަ މީހުންގެ ގޮތުގައި މަސްކް ވަނީ ސިފަކޮށްފަ އެވެ.

ޓްވިޓާގައި މަސައްކަކުރާ އެތައް ބަޔަކު ވަޒީފާ އިން ވަކިކުރަމުންދާއިރު މީގެ ތެރޭ އަންހެނުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ގިނަ ކަމަށް ބުނެ، މިއީ އެފަރާތްތަކާއި މެދު މަސްކް ގެންގުޅޭ ތަފާތުކުރުމެއްކަމަށް ތުހުމަތުކޮށް ކޯޓަށް ވަނީ މައްސަލައެއް ވެސް ހުށަހަޅާފަ އެވެ.