Advertisement

އަންހެނުންގެ ބައިވެރިވުން ޔަގީންކުރަން އެކަށީގެންވާ އަހަމިއްޔަތުކަމެއް ނުދޭ

8 މާރިޗު 2023 - 16:19 0

އައިޝަތު އަހުމަދު

އައިޝަތު އަހުމަދު


އަންހެނުންގެ ބައިވެރިވުން ޔަގީންކުރަން އެކަށީގެންވާ އަހަމިއްޔަތުކަމެއް ނުދޭ

8 މާރިޗު 2023 - 16:19 0

އިޖުތިމާއީ އިގުތިސާދީ އަދި ސިޔާސީ ހަރަކާތްތަކުގެ އެންމެ ކުރީ ސަފުގައި އަންހެނުން ތިބި ނަމަވެސް ހުރިހާ ގިންތިއެއްގެ އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި، ބާރުވެރިކުރުން ޔަގީންކުރުމަށް އަހަމިއްޔަތުކަމެއް ނުދޭ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅުވައި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނީ އެކިއެކި ދާއިރާތަކުން އަންހެނުން ކާމިޔާބީ ހާސިލުކުރި ނަމަވެސް، ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ.

ޓްރާންސްޕޭރެންސީން ވަނީ ދުވަހުގެ މުނާސަބަތާ ގުޅިގެން ކުރިއަށްވުރެ ހަރުދަނާކޮށް ގައުމު އާރާސްތުކުރުމުގައި ބައެއް ކަންކަން ތަންފީޒުކުރުމަށް ގޮވާލާފަ އެވެ.

އެގޮތުން އަންހެނުންނަށް ކުރާ އަނިޔާ އާއި ތަފާތުކުރުމުގެ މައްސަލަތަކުގައި އަނިޔާކުރާ ފަރާތްތަކަށް ހިމާޔަތްދިނުން ހުއްޓާލައި އެފަދަ މައްސަލަތަކުގައި އެންމެ ކުރީ ސަފުގައި ހިދުމަތްދޭން ތިބޭ ފަރާތްތައް އަހުލުވެރި ކުރުމަށް ޓްރާންސްޕޭރެންސީން ވަނީ ގޮވާލާފަ އެވެ.

އަދި މައިންނަށް އެކަށީގެންވާ މާހައުލެއް ކަށަވަރުކުރުމަށް ވިހެއުމުން ދޭ ހަ މަހުގެ ޗުއްޓީއަށްފަހު މެއިންސްޓްރީމްކޮށް އަންހެނުން މަސައްކަތުގެ މާހައުލަށް ފަސޭހަކަމާއެކު އެނބުރި ދިއުމަށާއި، އެކި ދާއިރާތަކުގައި ކުރިމަތިލާންޖެހޭ ފުރައްސާރައާ ގުޅިގެން ބޭނުންވާ އެހީތެރިކަމާއި ރައްކާތެރިކަން ދިނުމަށް މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށްވެސް ވަނީ ގޮވާލާފަ އެވެ.

މީގެ އިތުރުން ނުރަސްމީ މަސައްކަތްކުރާ އަންހެނުންނަކީ ވިލުންވެރި ބަޔަކަށް ހެދުމަށްޓަކައި އެމީހުންގެ ބޭނުންތަކަށް ހާއްސަކުރެވިގެން އެފަރާތްތަކުގެ ބައިވެރިވުމާއެކު ސިޔާސަތުތައް އެކުލަވާލުމަށްވެސް ވަނީ ގޮވާލާފަ އެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހަކީ އިޖުތިމާއީ އިގުތިސާދީ އަދި ސިޔާސީ ގޮތުން އަންހެނުންގެ ދައުރު ފާހަގަކުރުމާއި، އިތުރުކުރުމުގެ އިތުރަށް އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމާއި، މިންތީގެ ހަމަހަމަކަމާއި އެ ކަނބަލުންގެ ހައްގުތައް ހޯދައިދިނުމުގެ ގޮތުން ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުވަހެކެވެ.

މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރަކީ "ޑިޖިޓޯލް: އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ފޮ ޖެންޑާ އީކުއާލިޓީ" އެވެ.