Advertisement

ބޮންޑޭ ބޭނުންވަނީ އެމްޑީޕީން ވަކިވާން، ނަޝީދާ މަޝްވަރާ ކުރަނީ

8 މާރިޗު 2023 - 12:34 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު؛ ވިދާޅުވީ ބޭނުންވަނީ އެމްޑީޕީން ވަކިވާން ކަމަށް-- ފޮޓޯ: މަޖިލިސް


ބޮންޑޭ ބޭނުންވަނީ އެމްޑީޕީން ވަކިވާން، ނަޝީދާ މަޝްވަރާ ކުރަނީ

8 މާރިޗު 2023 - 12:34 0

މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ރަޝީދު އެ ޕާޓީން ވަކިވާން ބޭނުންވާ ކަމަށާއި އެކަމުގެ މަޝްވަރާ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ކުރައްވާނެ ކަމަށް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުލުހުންގެ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން މެންބަރު ރަޝީދު ވަނީ އެ ގާނޫނަށް ސަރުކާރުން ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. އޭނާ ފާހަގަކުރެއްވީ ފުލުހުންގެ ވަޒީފާ ދިނުމުގެ ކުރިން ބެކްގްރައުންޑު ޗެކު ހެދުމުގައި ލުއި ދިނުމާ ގުޅޭ ކަންބޮޑުވުންތަކެވެ.

އެކަން ފާހަގަކޮށް، އެމްޑީޕީގެ ނަޝީދު ފެކްޝަނުގައި ހުންނަވާ އިބްރާހިމް ރަޝީދު ވިދާޅުވީ މިހާރު ސަރުކާރުން ހުށަހަޅަމުން އަންނަ ބިލުތަކާ މެދު ވަރަށް ކަންބޮޑުވާ ކަމަށެވެ.

"އެމްޑީޕީގެ ސްޓޭންޑަޑެއް މީގެ ނެތް، ދެން އެމްޑީޕީގެ ލޯގޯގައި ވެސް އިންސާފު ގާއިމް ކުރަނީ، އިންސާފު ސިފަ ކޮށްދެނީ އެކަމަކު އެ އިންސާފާއި ހަމަހަމަކަމާއި ނަޒާހަތްތެރިކަން ނެތް ތަނެއް [މިއީ]،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ތެރޭގައި މިހާރު ކަންކަން ހިނގަނީ އެ ޕާޓީގެ ފަލްސަފާއާއި އުސޫލުތަކާ ހިލާފަށް ކަން ފާހަގަކުރައްވައި އޭނާ އިތުރަށް ވިދާޅުވީ މިހާރު ވިސްނަނީ ޕާޓީން ވަކިވާން ކަމަށެވެ.

"ސްޓޭންޑެޑް އަނބުރާ ރުޖޫއަވީމާ ޕާޓީއަށް ވަންނަ ގޮތަށް އަޅުގަނޑު ބޭނުން ރައީސް [ނަޝީދު] އާ ސީރިއަސް ކޮށް މަޝްވަރާ ކުރަން،" އޭނާ ވިދާޅުވި އެވެ.

ޕާޓީއިން ކެނޑިގެން ހުންނާނީ "ފިކުރެއްގެ ދިރުން" ގައި ކަމަށާއި އެކަމަށް ކުރަން ޖެހޭ ސޮއެއް ވެސް ނެތް ކަަމަށް އޭނާ ވިދާޅުވި އެވެ.

އޭނާގެ ވާހަކަތަކާ ގުޅިގެން ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ ވަރި ކައިވެންޏާ ގުޅޭ ގޮތުން އެކި މެންބަރުން މަޝްވަރާ ކުރައްވާ ކަމަށެވެ.

އެމްޑީޕީގެ ދެ ރައީސުންގެ މެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކާއެކު ޕާޓީ އޮތީ ވަރަށް ބޮޑަށް ބައިބައިވެފަ އެވެ.