Advertisement

މަޖިލީހުގައި އަންހެނުންގެ އަދަދު އިތުރުކުރަން ގާނޫނު އިސްލާހު ކުރަން ނަޝީދުގެ ލަފައެއް

8 މާރިޗު 2023 - 09:30 1

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ އަދަދު އިތުރުކުރަން ގާނޫނު އިސްލާހު ކުރަން ނަޝީދު ވަނީ ލަފާދީފައި-- ފޮޓޯ: ރައީސް އޮފީސް


މަޖިލީހުގައި އަންހެނުންގެ އަދަދު އިތުރުކުރަން ގާނޫނު އިސްލާހު ކުރަން ނަޝީދުގެ ލަފައެއް

8 މާރިޗު 2023 - 09:30 1

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އަންހެނުންގެ އަދަދު އިތުރުކުރުމަށް ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތަކެއް ގެނައުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ މަޖިލީހުގައި އަންހެނުން ހިމެނިގެންދާނޭ ގޮތާ ގުޅޭ ގޮތުން މިއަދު ރާއްޖޭގެ ރައްޔިތުން ވިސްނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް އެއީ ސިޔާސީ ޕާޓީތަކުގެ ޒިންމާއަކަށް ވާން ޖެހޭނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ މަޖިލީހުގައި އަންހެނުން ތަމްސީލްވުމުގައި ފަހި ގޮތެއް ހޯދައިދިނުމަކީ އެންމެން ވެސް މިއަދު އަޒުމު ކަނޑައަޅަންވީ މަސައްކަތެއް ކަމަށެވެ.

މަޖިލީހުގައި ޖުމްލަ 87 މެންބަރުން ތިއްބަވާއިރު، އޭގެ ތެރޭގައި ހިމެނެނީ އެންމެ ހަތަރު އަންހެނުންނެވެ. އެއީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދާއި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެވެ.

ބެލެވޭ ގޮތުގައި ނަޝީދު އިޝާރާތް ކުރެއްވީ ލޯކަލް ކައުންސިލްތަކެކޭ އެއްގޮތަށް މަޖިލީހުގައި ވަކި މިންވަރަކަށް އަންހެނުން ހިމަނަން ޖެހޭ ގޮތަށް ޝަރުތު ކުރުމެވެ. އަންހެނުން ތަމްސީލުވުން އިތުރުކުރުވުމުގެ ގޮތުން ކައުންސިލް ތަކުގެ 33 ޕަސަންޓު ވަނީ އަންހެނުންނަށް ހާއްސަކޮށްފަ އެވެ.