Advertisement

މިޔުޒިކް ކޮންސެޓެއްގައި ފިތި ބާރުވެގެން ދެ މީހަކު މަރުވެއްޖެ

8 މާރިޗު 2023 - 06:08 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ރެޕް ލަވަކިޔުންތެރިޔ ގްލޯރިއްލާ.


މިޔުޒިކް ކޮންސެޓެއްގައި ފިތި ބާރުވެގެން ދެ މީހަކު މަރުވެއްޖެ

8 މާރިޗު 2023 - 06:08 0

ނިއު ޔޯކްގެ ރޮޗެސްޓާގައި ރެޕް ލަވަކިޔުންތެރިޔާ ގްލޯރިއްލާ ބޭއްވި ކޮންސެޓެއްގެ ތެރެއިން ފިތި ބާރުވެގެން ދެ މީހަކު މަރުވެ، އަށް މީހަކަށް އަނިޔާވެއްޖެ އެވެ.

ކަމާބެހޭ އިދާރާތަކުން ބުނީ ފިތި ބާރުވާން މެދުވެރިވީ ބަޑީގެ އަޑު އިވުނު ކަމަށް ހީވެ ކޮންސެޓުގައި ތިބި މީހުން ސަލާމަތް ވާން ދުވަން ފެށުމުން ކަމަށެވެ.

ރޮޗެސްޓާ ފުލުހުންގެ ލެފްޓިނެންޓް ނިކޮލަސް އެޑަމްސް އޭބީސީ ނިއުސްއަށް ވިދާޅުވީ ބަޑި ޖެހި ކަމަށް ބެލެވޭ އެއްވެސް ހެއްކެއް މިހާތަނަށް ނެތް ކަމަށެވެ.

އެ ހާދިސާ ހިނގި އިރު ގްލޯރިއްލާގެ ހުށަހެޅުން ނިމިއްޖެ އެވެ. އޭނާ ކުރި ޓްވީޓެއްގައި ހިތާމަ ފާޅުކޮށް ބުނީ އަނިޔާވި މީހުންނަށް އަވަސް ޝިފާއެއް އެދޭ ކަމަށެވެ.

ގްލޯރިއްލާގެ ލަވަ "އެފް.އެން.އެފް (ލެޓްސް ގޯ)" އަށް މިދިޔަ މަހު އޮތް ގްރެމީ އެވޯޑްގައި އެންމެ މޮޅު ރެޕް ޕަފޯމަންސްގެ ނޮމިނޭޝަން ލިބުނެވެ.

ކޮންސެޓު ނިމުނު ވަގުތު ހާދިސާ ހިނގަން މެދުވެރިވި އިރު، އެ ކޮންސެޓު ބޭއްވި ތަނުގެ ވެރިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި ހުރި ތޯ ބެލުމުގެ ތަހުގީގެއް ވަނީ ފަށައިފަ އެވެ.

މީގެ ތިން މަސް ކުރިން ލަންޑަންގެ ބްރިކްސްޓަން އެކެޑެމީގައި "އެފްރޯބީޓްސް"ގެ ތަރި އަސާކޭ ބޭއްވި ކޮންސެޓެއްގެ ތެރެއިން ވެސް ފިތި ބާރުވެގެން ދެ މީހުން މަރުވި އެވެ.