Advertisement

ޑްރަގް ވިއްކާ މީހުން ފެޔަށް ޖެހެން އިމްރާން އިންޒާރު ކުރައްވައިފި

7 މާރިޗު 2023 - 05:04 1

އައިޝަތު ނުޒުހާ

އ

Advertisement

ހޯމް މިނިސްޓަރު އިމްރާން؛ ވިދާޅުވީ ޑްރަގާ ދެކޮޅަށް ކުރާ މަސައްކަތުގައި ފަހަތަށް ނުޖެހޭނެ ކަމަށް-- ފޮޓޯ: މަޖިލިސް


ޑްރަގް ވިއްކާ މީހުން ފެޔަށް ޖެހެން އިމްރާން އިންޒާރު ކުރައްވައިފި

7 މާރިޗު 2023 - 05:04 1

Advertisement

Advertisement

ޑްރަގް ޓްރެފިކިން އާއި ވިޔަފާރީގައި ބައިވެރިވާ މީހުންނަށް ވަރުގަދަ އިންޒާރެއް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުވާލުކުރުމަށް އިމްރާން ހާޒިރުކޮށްފައިވާއިރު، އެކަމާ ގުޅޭ ގޮތުން ސުވާލު ކުރެއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ.

Advertisement

ރިޔާޒް ވަނީ އެފަދަ ކުށްތައް ސާބިތުވެ ބޮޑެތި ޖަލު ހުކުމްތައް އިއްވާފައިވާ މީހުންނަށް ބޮޑެތި ލުއިތައް ދީ ބަންދުން ދޫކޮށްލަމުން އަންނަނީ ކީއްވެތޯ ސުވާލު ކުރައްވައިފަ އެވެ.

"މިކަން ހިނގާފައިވަނީ މިނިސްޓަރުގެ ބައިވެރިވުމާއި އެނގުމުގެ ތެރެއިން ކަމަށް ވެސް މައުލޫމާތު ލިބިފައިވޭ،" ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ރިޔާޒު ސުވާލު ކުރެއްވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގައި ބައިވެރިވާ މީހުންނަށް އެއްވެސް ލުޔެއް ލިބޭނެ ގޮތެއް މިނިސްޓަރު މެދުވެރިކޮށް ނުވާނެ ކަމަށެވެ.

Advertisement

ޑްރަގުގެ ބޮޑުންނާ ހަމައަށް ގާނޫނުގެ އަތް ފޯރާނެކަމުގެ ޔަގީންކަން

"އަޅުގަނޑުމެންގެ އަތުގައި އެބައޮތް ޕްލޭނެއް، އަޅުގަނޑުމެން އެ މަސައްކަތް އިރާދަކުރެއްވިއްޔާ ގެންދަން ޖެހޭ ހަމަތަކުގެ މަތީން ގެންދަމުން އެ ހިސާބަށް ވެސް ގެންދާނަން، ހިސާބަށް އަޅުގަނޑުމެން ފޯރާ އިރުގައި އަންނަން ޖެހޭ ނަމެއް ވެސް އަންނާނެ، އެޅެން ޖެހޭ ފިޔަވަޅެއް ވެސް ވެސް އެޅޭނެ،"

ޑްރަގުގެ ބޮޑުންނާ ހަމައަށް ގާނޫނުގެ އަތް ފޯރާނެކަމުގެ ޔަގީންކަން

"އަޅުގަނޑުމެންގެ އަތުގައި އެބައޮތް ޕްލޭނެއް، އަޅުގަނޑުމެން އެ މަސައްކަތް އިރާދަކުރެއްވިއްޔާ ގެންދަން ޖެހޭ ހަމަތަކުގެ މަތީން ގެންދަމުން އެ ހިސާބަށް ވެސް ގެންދާނަން، ހިސާބަށް އަޅުގަނޑުމެން ފޯރާ އިރުގައި އަންނަން ޖެހޭ ނަމެއް ވެސް އަންނާނެ، އެޅެން ޖެހޭ ފިޔަވަޅެއް ވެސް ވެސް އެޅޭނެ،"

"ގޭންގުތަކާ ޑްރަގް ޓްރެފިކިންގެ ކުށްތަކަކީ އަޅުގަނޑު އެކަމަށް އަޅާނުލާ ދޫކޮށްލާނެ ކަމެއް ނޫން، އޭގެ ތެރޭގައި ޝާމިލްވާ އެއްވެސް ފަރާތެއްގެ ކުރިމަތީގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ތިރިއެއް ނުވާނަން،" އިމްރާން ވިދާޅުވި އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތަށް ސަރުކާރުގެ ތެރެއިން ވެސް ސިޔާސީ ނުފޫޒާއި ވިޔަފާރިވެރިން ތިބިކަމަށާއި އެކަމުގެ ފަހަތުގައި ތިބީ ކޮން ބައެއްކަން އެނގޭ ކަމަށް މީގެ ކުރިން އިމްރާން ވިދާޅުވެފައިވެ އެވެ.

އެކަމަށް އިޝާރާތް ކުރައްވައި އިމްރާން މިއަދު ވިދާޅުވީ އެ މީހުންނާ ގާނޫނު އަރާ ހަމަ ކުރުމުގައި ފަހަތަށް ނުޖެހޭނެ ކަމަށެވެ.

"ވަރަށް ސާބިތުކަމާއެކު ދަންނަވަން، ހުރިހާ ބޭފުޅުން ވެސް ފެޔަށް ޖެހިވަޑައިގަންނަވާނެ، މި އަޑު އެންމެން އައްސަވާނެ ކަަމަށް ގަބޫލުކުރަން، މި އަޑު އެންމެން އައްސަވާ، އަޅުގަނޑު ފަހަތަކަށް ނުޖެހޭނެ،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ މިފަދަ ކުށްތަކުގައި ދައުލަތުގެ އެއްވެސް މީހަކު ބައިވެރިވުމަކީ ލިބޭނޭ ނިކަމެތި ކަމެއް ކަމަށެވެ.

Advertisement

0.00%

0.00%

50.00%

50.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

އޭސީޑީސީ

about 2 years ago

ޑްރަގް ވިއްކަނީ ސްޕޯޓްސް ކްލަބުތަކުން. ސަރުކާރުން ހުރޭ ފުޓްސަލް ދަނޑުވެސް ހަވާލުކޮށްފަ. އެހެންވީމަ އެއްވެސް ބަޔަކަށް ނޭގިގެނެއް ނޫޅޭ. އެކަން ނުހުއްޓުވެނީއެއް ނޫން. ނުހުއްޓުވަނީ.