Advertisement

ސަރަހައްދީ ހަމަޖެހުމަށް ހުޅަނގު އައްސޭރީގައި ސުލްހަ އޮތުން މުހިއްމު: އުރުދުންގެ ރަސްގެފާނު

6 މާރިޗު 2023 - 12:13 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އުރުދުންގެ ރަސްގެފާނު އަބްދުﷲ އަދި އެމެރިކާގެ ސެކެޓްރީ އޮފް ޑިފެންސް ލޮއިޑް އޯސްޓިން. -- ފޮޓޯ: ދުންޔާ ނިއުސް


ސަރަހައްދީ ހަމަޖެހުމަށް ހުޅަނގު އައްސޭރީގައި ސުލްހަ އޮތުން މުހިއްމު: އުރުދުންގެ ރަސްގެފާނު

6 މާރިޗު 2023 - 12:13 0

ސަރަހައްދީ ހަމަޖެހުމަށް ހުޅަނގު އައްސޭރީގައި ސުލްހަ ގާއިމްވެފައި އޮތުން މުހިއްމު ކަމަށް އުރުދުންގެ ރަސްގެފާނު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ސެކެޓްރީ އޮފް ޑިފެންސް ލޮއިޑް އޯސްޓިންއާ އެކު އާދީއްތަ ދުވަހު އޮތް ބައްދަލުވުމެއްގައި ރަސްގެފާނު ވިދާޅުވީ ފަލަސްތީނުގައި ސުލްހަ އޮތުން މުހިއްމު ކަމަށެވެ.

މެދުއިރުމައްޗަށް ކުރައްވާ ދަތުރެއްގައި އޯސްޓިން އެންމެ ފުރަތަމަ ވަޑައިގެންނެވީ އުރުދުންއަށެވެ. އޭގެ ފަހުން އިޒްރޭލާއި މިސްރަށް ވެސް ވަޑައިގަންނަވާނެ އެވެ.

ރަސްގެފާނު އަބްދުﷲ ވިދާޅުވީ އަރަބިންނާއި އިޒްރޭލާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ގާއިމްކުރެވޭނީ "ދެ ދައުލަތުގެ ހައްލުގެ" މައްޗަށް ބިނާކޮށް މަޝްވަރާތައް ބާއްވައިގެން ކަމަށެވެ.

މިދިޔަ ހަފުތާގައި އިޒްރޭލާއި ފަލަސްތީނުގެ އޮފިޝަލުންގެ ބައްދަލުވުމެއް ކުރިއަށް ދިޔައީ އުރުދުން މެދުވެރިވެގެން އަގަބާގަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ހުޅަނގު އައްސޭރީގައި ހަމަނުޖެހުން އިތުރުވަމުންދާތީ އަރަބި ގައުމުތަކުގެ ކަންބޮޑުވުން އޯސްޓިން އިޒްރޭލަށް ވަޑައިގެން އެ ގައުމުގެ އޮފިޝަލުންނާ ހިއްސާ ކުރައްވާނެ އެވެ.