Advertisement

ތުރުކީއަށް ދިވެހި ސަރުކާރުން ފަސް ލައްކަ މަސް ދަޅު ފޮނުވައިފި

4 މާރިޗު 2023 - 17:46 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ތުރުކީއަށް އައި ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުނަށް އެހީވުމުގެ ގޮތުން ފަސްލައްކަ ދަޅު މަސް ފޮނުވަނީ - ފޮޓޯ: ފޮރިން މިނިސްޓްރީ


ތުރުކީއަށް ދިވެހި ސަރުކާރުން ފަސް ލައްކަ މަސް ދަޅު ފޮނުވައިފި

4 މާރިޗު 2023 - 17:46 0

މީގެ ދެ ހަފުތާ ކުރިން ތުރުކީއަށް އައި ބިންހެލުމާއި މިދިޔަ ހަފުތާގައި އައި ބިން ހެލުމުގެ ސަބަބުން ހާލުގައި ޖެހިފައި ތިބި މީހުނަށް އެހީވުމުގެ ގޮތުން ދިވެހި ސަރުކާރުން އެ ގައުމަށް ފަސް ލައްކަ މަސް ދަޅު ފޮނުވައިފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ތުރުކީއަށް ފޮނުވި އެހީއަކީ ފެބްރުއަރީ 6، ގައި އެ ގައުމަށް ކުރިމަތިވި ހާދިސާއާ ގުޅިގެން، އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ނިންމެވި ނިންމެވުމުގެ ދަށުން ފޮނުވި އެހީއެއް ކަމަށެވެ.

ދިވެހި ސަރުކާރުގެ ފަރާތުން،މަސް ދަޅުތައް ތުރުކީ ސަރުކާރާ ހަވާލުކޮށްދިނީ ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ އަހުމަދު ލަތީފެވެ. އަދި ތުރުކީން އެ ތަކެއްޗާ ހަވާލުވެވަޑައިގަތީ ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ކޮންސިއުލޭޓްގެ ބޭފުޅުންނެވެ.

ޓާކިޝް އެއާލައިންގެ ފްލައިޓަކުން މަސް ދަޅުތައް އަޅާފައިވާ ފަސް ބެޗެއް އުފުލައިގެން ގެންދާއިރު، މި މަހުގެ 10 ވަނަ ދުވަހަށް ތުރުކީއަށް އެ ތަކެތި ގެންދެވޭނެ ކަމަށް ބެލެވޭ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ތުރުކީގެ އިރުދެކުނުން ސީރިއާއާ ގުޅޭ ބޯޑަރު ކައިރިއަށް ކުރިން އައި ބާރުގަދަ ބިން ހެލުމުގައި 51،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. އޭގެ ފަހުން މިދިޔަ މަހުގެ ފަހުކޮޅު އައި ބިން ހެލުމުގައި ވެސް ތިން މީހަކު މަރުވެ، އެތައް ބަޔަކު ޒަހަމްވެ އަދި ހާލުގައި ޖެހިފައިވެ އެވެ.