Advertisement

3 ގައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ފުރާވަޑައިގެންފި

4 މާރިޗު 2023 - 12:07 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ތިން ގައުމަކަށް ކުރައްވާ ރަސްމީ ދަތުުރުފުޅުގައި ރައީސް ސޯލިހު ފުރާވަޑައިގަންނަވަނީ - ފޮޓޯ: ރައީސް އޮފީސް


3 ގައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ފުރާވަޑައިގެންފި

4 މާރިޗު 2023 - 12:07 0

ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތިން ގައުމަކަށް މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ދަތުރުފުޅުގައި ރައީސް އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ގަތަރުގެ ވެރިރަށް ދޯހާއަށް ކަމަށެެވެ. ގަތަރުގައި ރައީސް، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ އދ. ގެ ފަސްވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އެއަށްފަހު ރައީސް ސޯލިހު ވަޑައިގަންނަވާނީ ސާބިއާ އަށެވެ. އެ ގައުމަށް ވަޑައިގެން ރާއްޖެއާ އެ ގައުމާ ދެމެދު ވެވޭ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. ނަމަވެސް އެ އެއްބަސްވުންތަކުގެ ތަފުސީލެއް ދީފައެއް ނުވެ އެވެ.

މި ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުން ރައީސް ވަޑައިގަންނަވާނީ ޖަރުމަނަށެވެ. އެގޮތުން އެ ގައުމަށް ވަޑައިގެން އެ ގައުމުގެ ރައީސް ފްރޭންކް ވޯލްޓާ ސްޓައިންމަޔާއާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

މީގެއިތުރުން، މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވި ފަދައިން ރާއްޖޭން ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީއަށް ލުއި ގެނައުމާ ބެހޭގޮތުން މި ދަތުރުގައި މަޝްވަރާކުރެވޭނެ ކަމަށް ބެލެވެ އެވެ.

އެ ދުވަހު ރައީސް ވިދާޅުވީ މަހުގެ ޑިއުޓީއާ ގުޅޭ ގޮތުން އިނގިރޭސިވިލާތާއި ޔޫރަޕްގެ އިއްތިހާދުން އީޖާބީ ނިންމުމެއް ނިންމާނެކަމުގެ އުންމީދު ބޮޑު ކަމަށެވެ. މިއީ ރިޔާސީ ބަޔާނަށްފަހު ޔޫރަޕުގެ ގައުމަކަށް ރައީސް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.