Advertisement

އިޓަލީގެ މަޝްހޫރު އޮއްޓިމާ ބުރޭންޑުގެ ޕާސްތާ ވިލާ ޓްރޭޑުގެ ހަރުތަކަށް

2 މާރިޗު 2023 - 20:48 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


އިޓަލީގެ މަޝްހޫރު އޮއްޓިމާ ބުރޭންޑުގެ ޕާސްތާ ވިލާ ޓްރޭޑުގެ ހަރުތަކަށް

2 މާރިޗު 2023 - 20:48 0

އިޓަލީވިލާތުގެ މަޝްހޫރު ބުރޭންޑު، އޮއްޓިމާގެ ޕާސްތާ ވިލާ ޓްރޭޑުގެ ހަރުތަކަށް ތައާރަފުކޮށްފި އެވެ.

އޮއްޓިމާ ބުރޭންޑަކީ މީގެ އެތައް އަހަރެއް ކުރިން ފެށިގެން ވިލާތުގެ އެކި ގައުމުތަކުގެ މަގުބޫލުކަން ހޯދާފައިވާ ބުރޭންޑެކެވެ. އެ ބުރޭންޑުގެ ތަފާތު ވައްތަރުތަކުގެ ސޯސްތަކުގެ އިތުރުން ޕީލްޑް އަދި ސަން ޑްރައިޑު ޓޮމާޓޯގެ އިތުރުން ރާހުތުލީ އެކި ވައްތަރުގެ ތަރުކާރީ ވެސް ހިމެނެ އެވެ.

އޭގެ ތެރޭގައި ސްޕެގެޓީއާއި ފެޓުޗިނީއާއި ލަޒާނިޔާ އަދި ޕައްޕާޑެލްގެ އިތުރުން ސްޕައިރަލްއާއި ކޯކްސްކްރޫ އަދި ފުސިލީއާއި ޓްވިސްޓް ޕާސްތާއާއި ޓިއުބު ޕާސްތާ ހިމެނެ އެވެ.

ވިލާ ޓްރޭޑުން ލިބެން ހުރި ޕާސްތާގެ ތަފުސީލު:

ސްޕެގެޓީއަކީ ދިގުކޮށް ހިމަކޮށް ހުންނަ ވައްތަރުގެ ޕާސްތާ އެވެ. އެހެނިހެން ޕާސްތާއާ ވެސް އެއްފަދައިން ހަމަ ހޫނު ފެނުގައި ކެއްކުމަށްފަހު ބޭނުންވާ ވައްތަރެއްގެ ސޯހަކާއި މަހާ އެއްކޮށްލުމުން ތައްޔާރުވާނެ އެވެ.

ފެޓުޗީނީއާއި ލަޒާނިޔާ އަދި ޕައްޕާޑެލްއަކީ ދިވެހިން ކިޔާ ރިބަން ޕާސްތާގެ ވައްތަރުތަކެވެ. މި ވައްތަރުގެ ޕާސްތާއަކީ ބަރު އަދި ލުއި ސޯސްތަކާ އެކުވެސް ތައްޔާރުކޮށްލެވޭ ޕާސްތާއެކެވެ.

ސްޕައިރަލް އަދި ކޯކްސްކްރޫއަކީ ޓުވިސްޓު ޕާސްތާގެ ވައްތަރުތަކެވެ. މިވައްތަރުގެ ޕާސްތާގެ ދޭތެރެތަކަށް ނުވަތަ ބަނޑިބަނޑިތަކުގައި ބޭނުންކުރާ ސޯހެއް ވަރަށް ރަނގަޅަށް ހިފަހައްޓަ އެވެ.

އަދި ފުސިލީ ޕާސްތާއަކީ ބޯކޮށް ހުންނަ ސޯސްތަކަށާއި ޕާސްތާ ސެލެޑް ތަކަށް އެންމެ ބަރާބަރު ޕާސްތާ އެވެ.

ޓިއުބް ޕާސްތާ އަކީ ކުދިކޮށް ހޮޅިތަކެއް ގޮތަށް ހުންނަ ޕާސްތާއެކެވެ. މި ޕާސްތާ އެހެން ހުރުމުގެ ސަބަބުން ސޯސް ވަރަށް ރަނގަޅަށް ހިފަހައްޓަ އެވެ. މިއީ ހާއްސަކޮށް އޮލަކޮށް ހުންނަ ޗީސް ސޯސްތަކާއި ވަރަށް ގުޅޭ ޕާސްތާއެކެވެ.

ވިލާ ޓްރޭޑުގެ ފިހާރަތައް މާލެއާއި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވެސް ހިންގަ އެވެ. ކަސްޓަމަރުންނަށް ވިޔަފާރި ކުރުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ވިލާ ޓްރޭޑުން މާލޭގައި ހިންގާ ހުރިހާ ފިހާރައެއް މިހާރު ވަނީ 24 ގަޑިއިރަށް ބަދަލުކޮށްފަ އެވެ.

އޭގެއިތުރުން، ހުރިތަނެއްގައި ހުރެގެން ކަސްޓަމަރުންނަށް ވިޔަފާރި ކުރެވޭނެ މަގު ތަނަވަސް ކޮށްދިނުމަށްޓަކައި އެ ކުންފުނިން މިހާރު ވަނީ ވެބްސައިޓެއް ވެސް ލޯންޗުކޮށްފަ އެވެ.

އެ ވެބްސައިޓްގައި ވިލާ ޓްރޭޑުން ލިބެން ހުންނަ އުފެއްދުންތަކާ ގުޅުން ހުރި މައުލޫމާތުތައް ލިބެން ހުންނައިރު، ވެބްސައިޓު މެދުވެރިކޮށް ތަކެތި ގަނެ ވަގުތުން ފައިސާ ވެސް ދެއްކެ އެވެ. ވެބްސައިޓްގެ އިތުރުން ވިލާ ޓްރޭޑުން ހާއްސަ އެޕް މިހާރު އެޕް ސްޓޯރުންނާއި ގޫގުލް ސްޓޯރުން ވެސް ޑައުންލޯޑު ކުރެވޭނެ އެވެ.