Advertisement

ގާނޫނާ އެއްގޮތަށް ރޯދަ އެލަވަންސް ދޭން ލޭބާ އޮތޯރިޓީއިން އިލްތިމާސްކޮށްފި

2 މާރިޗު 2023 - 16:44 0

އަހުމަދު އާއިދު

އަހުމަދު އާއިދު


ގާނޫނާ އެއްގޮތަށް ރޯދަ އެލަވަންސް ދޭން ލޭބާ އޮތޯރިޓީއިން އިލްތިމާސްކޮށްފި

2 މާރިޗު 2023 - 16:44 0

ގާނޫނުގައިވާ ގޮތުގެ މަތިން ރޯދަ އެލަވަންސް ދިނުމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އިން އިލްތިމާސްކޮށްފި އެވެ.

ލޭބާ އޮތޯރިޓީއިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރޯދަ މަަސް ފެށުމުގެ ކުރިން އެލަވަންސް ދިނުމަށް ހަނދާކޮށްދޭ ކަމަށެވެ.

އެ ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން، ރާއްޖޭގައި ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށް ރޯދަމަސް ފެށުމުގެ ކުރިން 3،000ރ. ރޯދަ އެލަވަންސްގެ ގޮތުގައި ދޭންވާނެ އެވެ.

އެ އިއުލާނުގައި ލޭބާ އޮތޯރިޓީއިން އިތުރަށް ބުނެފައިވަނީ ގާނޫނުން މިގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސް ވަޒީފާދޭ ބައެއް ފަރާތްތަކުން މުވައްޒަފުންނަށް ރޯދަ އެލަވަންސް ނުދިނުމާއި ގާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ މަދުން ދޭކަން މީގެ ކުރިންވެސް ފާހަގަވެފައިވާ ކަމަށެވެ.

ރޯދަ އިނާޔާތް ދޭން ފެށީ 2015 ވަނަ އަހަރު ވާޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު އެވެ. އޭގެފަހުން ކޮންމެ އަހަރަކުވެސް ރޯދަ އެލަވަންސް ހަމައަށް ނުދިނުމާގުޅޭ ގިނަ މައްސަލަތަކެއް ފެންމަތިވެ އެވެ.

އެގޮތުން މިދިޔަ އަހަރު އެކަނިވެސް ރޯދަ އެލަވަންސް ނުދީގެން ލޭބާ އޮތޯރިޓީއަށް 65 މައްސަލައެއް ހުށަހެޅި އޭގެ ތެރެއިން 63 މައްސަލައެއް މަޝްވަރާކޮށްގެން ހައްލުކޮށް ރޯދަ އެލަވަންސް ހޯދައިދީފައިވެ އެވެ. އަދި ހައްލުކުރަން އެއްބާރުލުން ނުދިނުމުން ބައެއް ތަންތަން ޖޫރިމަނާ ފިޔަވަޅުއަޅާފައިވެ އެވެ.