7 އޮގަސްޓު 2024 - 14:21 0
މޫސާ ނާޝިއު
7 އޮގަސްޓު 2024 - 14:21 0
ލޭބާ ރިލޭޝަން އޮތޯރިޓީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބަދަލުކުރައްވައިފި އެވެ.
ލޭބާ ރިލޭޝަން އޮތޯރިޓީ އަކީ ދިވެހިރާއްޖޭގައި ވަޒީފާއާ ބެހޭ އަސާސީ އުސޫލުތައް ކަނޑައަޅައި، ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތައް ކަނޑައަޅައި އެ ހައްގުތައް ހިމާޔަތް ކޮށްދިނުމަށް އުފައްދައިފައިވާ އިދާރާއެކެވެ.
މި އިދާރާ ހޯމް މިނިސްޓްރީގެ ދަށަށް ރައީސް ބަދަލުކުރަން ނިންމީ ގަވާއިދާ ހިލާފަށް ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް އެކަން ނިންމައި ރައީސަށް ލަފާ އަރުއްވާފައިވާތީ އެވެ.
ލޭބާ ރިލޭޝަން އޮތޯރިޓީ ކުރިން ހިންގަމުން އައީ މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުންނެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment