Advertisement

ކޯޕައިލެޓް ކީ، 30 އަހަރުތެރޭ ކީބޯޑަށް އަންނަ އެންމެ ބޮޑު ބަދަލު

9 ޖަނަވަރީ 2024 - 11:58 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު

ކޯޕައިލަޓް ފިތް އިންނާނެ ތަން: މިއީ މިހާރުގެ ކީބޯޑުތަކުގެ ރައިޓް ކޮންޓްރޯލް ކީ ނުވަތަ މެނޫ ކީ --- ފޮޓޯ: މައިކްރޮސޮފްްޓް


ކޯޕައިލެޓް ކީ، 30 އަހަރުތެރޭ ކީބޯޑަށް އަންނަ އެންމެ ބޮޑު ބަދަލު

9 ޖަނަވަރީ 2024 - 11:58 0

މައިކްރޮސޮފްޓުން މިއަހަރު ނެރޭ ވިންޑޯސް ޕީސީތަކުގައި، އެކުންފުނީގެ އޭއައި އެސިސްޓެންޓް "ކޯޕައިލެޓް" އަށް ހާއްސަ ފިތެއް ހިމެނޭނެކަމަށް އެ ކުންފުނިން ބުނެފި އެވެ. މިއީ 30 އަހަރު ތެރޭ ވިންޑޯސް ކީބޯޑަށް އަންނާނެ އެންމެ ބޮޑު ބަދަލެވެ.

މިދިޔަ ހަފުތާގައި އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މި ބަދަލު ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ، ވިންޑޯސް ބޭނުންކުރާ ކޮންމެ މީހަކަށް ވެސް ފަސޭހަކަމާއެކު ތަފާތު އޭއައި ފީޗާތައް ބޭނުންކުރެވޭނެ ގޮތް ހެދުން ކަމަށެވެ.

މައިކްރޮސޮފްޓް އިން ކޯޕައިލަޓް ފިއް ދައްކާލުން


މި ފިތް އިންނާނީ އައު ކީބޯޑުތަކުގެ ލެފްޓް އެރޯ ކީ އާއި ރައިޓް އޮލްޓް ކީ އާ ދެމެދު އެވެ. އެއީ މިހާރުގެ ކީބޯޑުތަކުގެ ރައިޓް ކޮންޓްރޯލް ކީ ނުވަތަ މެނޫ ކީ ގެ ބަދަލުގަ އެވެ.

މި ފިތުން މި ވަގުތު ހަމައެކަނި ކޮށްދޭނެ ކަމަކީ، މައިކްރޮސޮފްޓްގެ ވިންޑޯސް 11 ގައި މިހާރު ހިމެނޭ ކޯޕައިލެޓް އެޕް ހުޅުވާލަދިނުމެވެ. އެ ހިސާބުން މިހާރު ވެސް އަމަލުކުރާ ގޮތަށް ޓެކްސްޓް-އިންޕުޓް ކުރެވޭނެ އެވެ.

ކޯޕައިލަޓް އެޕް ލިބެން ނެތް ގައުމުތަކުގައި މި ފިތަށް ފިއްތާލުމުން ހުޅުވެނީ ސާޗް ފީޗާ އެވެ. މި ފިތަށް އިތުރު ފަންކްޝަންތަކެއް އަންނާނެ ކަމެއް ނުވަތަ އެހެން ފިތްތަކާ އެކީ ބޭނުންކުރެވޭނެ ކަމެއް މައިކްރޮސޮފްޓް އިން އަދި ސާފުކޮށްދީފައެއް ނުވެ އެވެ.

މައިކްރޮސޮފްޓްގެ ޕާޓުނަރުން މި އަހަރު ނެރޭ އެކި ޕީސީ އަދި ލެޕްޓޮޕްތަކުގެ ކީބޯޑުގައި މި ފިއް ހިމެނޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މައިކްރޮސޮފްޓް އިން އެންމެ ފަހުން ވިންޑޯސް ކީބޯޑަށް ފިތެއް އިތުރުކޮށްފައި ވަނީ 1994 ގަ އެވެ. އެއީ މިހާރު ކޮންމެ ކީބޯޑެއްގައި ވެސް ހިމެނޭ "ވިންޑޯސް ކީ" އެވެ.