1 މާރިޗު 2023 - 09:36 0
މުހައްމަދު ހަފީޒު
1 މާރިޗު 2023 - 09:36 0
މާލޭގެ ހުކުރު މިސްކިތުގައި ހުރި ގަސްތައް ހުޅުމާލެ ފޭސް 2 އަށް ބަދަލުކުރަން ފަށައިފި އެވެ.
"އަދަދު" އަށް މައުލޫމާތު ދެއްވަމުން ހެރިޓޭޖް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އިސްމާއިލް ނާއިލް ނަޝީދު ވީދާޅުވީ މާލޭގެ ހުކުރު މިސްކިތުގައި ހުރި ގަސްތަކުން މަހާނަ ގާތަކަށް ގެއްލުން ލިބޭތީ، އެ ގަސްތައް ހުޅުމާލެ ފޭސް 2 އަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށެވެ.
މިނިސްޓަރީން ބުނީ ހުކުރު މިސްކިތުގެ ދެކުނު ފަރާތަށްވާ ގޮތަށް ހުރި ގަސްތަކުގެ ސަބަބުން ގަބުރުސްތާނުގައި ހުރި މަހާނަ ގާތަކަށް އެކި ވަރުގެ ގެއްލުން ލިބެމުންދާ ކަމަށެވެ.
އަދި އެޗްޑީސީއާ ގުޅިގެން އެ ގަސްތައް ހިޔާ ޓަވަރު ކައިރީގައި ހަދާ ޕާކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ފަށަފައިވާ ކަމަށެވެ.
ހިޔާ ޕާކަށް ބަދަލުކުރަނީ އެ ގަސްތަކުގެ ސަބަބުން އެންމެ ބޮޑެތި ގެއްލުންތައް ލިބޭ ތިން ގަސް ކަމަށް ވެސް މިނިސްޓަރީން ބުނެ އެވެ. އަދި އެ ތިން ގަހުގެ މޫތައް ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
މަހާނަ ގާތަކަށް ގެއްލުން ލިބޭތީ މީގެ ކުރިން ވެސް ދެ ގަހެއް ސެންޓްރަލް ޕާކަށް ބަދަލުކޮށްފައި ވެ އެވެ.
މިނިސްޓްރީން ބުނީ މި ހަފްތާ ތެރޭގައި މި މަސައްކަތް ނިމޭނެ ކަމަށެވެ.
Comment