Advertisement

އެމްއާރްއެމުން 3000 މެންބަރުން ހަމަކޮށް އީސީއަށް ހުށަހަޅައިފި

27 ފެބުރުވަރީ 2023 - 23:24 0

މުހައްމަދު ހަފީޒު

މުހައްމަދު ހަފީޒު


އެމްއާރްއެމުން 3000 މެންބަރުން ހަމަކޮށް އީސީއަށް ހުށަހަޅައިފި

27 ފެބުރުވަރީ 2023 - 23:24 0

މޯލްޑިވްސް ރިޕޯމް މޫވްމަންޓް (އެމްއާރްއެމް) އިން 3،000 މެންބަރުން ހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަަޅައިފި އެވެ.

ސަރުކާރުގެ ހިންގާ ކޯލިޝަންގައި ހިމެނޭ އެމްއާރްއެމުން ބުނީ މިއަދުގެ ވަގުތެއްގައި އީސީއަށް 3،000 މެމްބަރުން ހަމަކޮށް ފޯމް ހުށަހަޅާފައިވާ ކަމަށެވެ.

އެކަމަކު އެކަމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ވަކި އެއްޗެއް އަދި ނުބުނެ އެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި ވެސް 3000 މެންބަރުން ހަމަނުވެގެން އެމްއާރްއެމް ޕާޓީ އުވާލާނެ ކަމުގެ ނޯޓިސް އޮތީ ދީފަ އެވެ. އެކަމަކު ނޯޓިސް ދިނުމާ ގުޅިގެން އެމްއާރްއެމުން ވަނީ މެންބަރުން ހަމަކޮށްފަ އެވެ.

ނަމަވެސް އެންމެ ފަހުން އިލެކްޝަންސް ކޮމިޝަނުން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ ޕާޓީގައި އޭރު ތިބީ އެންމެ 2900 މެންބަރުންނެވެ.

އެމްއާރްއެމްގެ އިތުރުން 3000 ހަމަ ނުވާތީ އުވާލަން ނިންމާފައިވަނީ ޑީއާރްޕީ އާއި އެމްއެލްއެސްޑީޕީ އެވެ.

އެހެން ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކުގައި ބައިވެރިވުމަށް އެމްއާރްއެމުން މެންބަރުން ވަކިވާތީ އެ ޕާޓީން ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.