Advertisement

ސޮވެރިން ފަންޑްގެ ހުރިހާ ބާރެއް މިނިސްޓަރަށް ވެސް ދޭން މަޖިލީހުން ފާސްކޮށްފި

27 ފެބުރުވަރީ 2023 - 12:34 1

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު؛ ސޮވެރިން ފަންޑުގެ ހުރިހާ ބާރެއް މިނިސްޓަރަށް ދޭން ވަނީ ފާސްކޮށްފައި--


ސޮވެރިން ފަންޑްގެ ހުރިހާ ބާރެއް މިނިސްޓަރަށް ވެސް ދޭން މަޖިލީހުން ފާސްކޮށްފި

27 ފެބުރުވަރީ 2023 - 12:34 1

ސޮވްރިން ޑިވަލޮޕްމަންޓް ފަންޑުގެ އެންމެހާ ބާރުތައް ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ފިނޭންސް މިނިސްޓަރަށް ވެސް ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒު ހުށަހެޅުއްވި ބިލު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް މިއަދު ފާސްކޮށްފައިވަނީ 44 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.

މިއަދު ފާސްކުރި ބިލުގައި ބުނެފައިވާ ގޮތުގައި އެސްޑީއެފްގެ ގޮތުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ކަސްޓޯޑިއަން އެކައުންޓެއް ގާއިމުކޮށް ބަލަހައްޓަންވާނެ އެވެ. ނަމަވެސް އެސްޑީއެފްއަށް ފައިސާ ޖަމާކުރުމާއި އެ ފަންޑުން ހަރަދުކުރާނެ ގޮތް ނިންމާނީ ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

ބިލު ފާސްވުމާއެކު އެސްޑީއެފްއަކީ މާލިއްޔަތު ގާނޫނުގައިވާ ވަކި އުސޫލުތަކެއްގެ ދަށުން ބަލަހައްޓަންޖެހޭ ފަންޑެއްގެ ގޮތުގައި ހަމަޖެހިގެންދާނެ އެވެ. އަދި އެސްޑީއެފްގެ ފައިސާ ބަހައްޓަން ޖެހޭނީ އެމްއެމްއޭގައި ވަކި ހާއްސަ އެކައުންޓެއް ހުޅުވައިގެންނެވެ.

ޕަބްލިކް ބޭންކް އެކައުންޓާއި އެސްޑީއެފް އެއްކޮށްގެން ނުވާނެ ކަމަށާއި ސޮވަރިން ފަންޑް އިންވެސްޓް ކުރާނެ ގޮތްތައް ނިންމުމަށް ފަސް މެންބަރުންގެ ކޮމިޓީއެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަން ޖެހޭނެ އެވެ. އެ ކޮމިޓީ އެކުލަވާލަން ޖެހެނީ ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިންނެވެ.

އެސްޑީއެފް ހިންގާނެ އުސޫލުތައް މާލިއްޔަތު ގަވާއިދުގައި ލިޔެ، އޮޑިޓްކޮށް ހިސާބުތައް ތައްޔާރުކުރަން ޖެހޭނެ ކަމަށް ވެސް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވެ އެވެ.